ތައުލީމީ ސަނަދުތައް ބަލައިގަތުމުގެ އެމްއޯޔޫއެއްގައި އިންޑިއާ އާއި އިނގިރޭސިވިލާތުން ސޮއިކޮށްފިއެވެ. މި އެމްއޯޔޫގެ ސަބަބުން އޮންލައިން ކޯސްތަކަށްވެސް ރިކޮގްނިޝަން ލިބޭނެއެވެ. އަދި ދަރިވަރުންނަށް އިންޑިއާގައި ނުވަތަ އިނގިރޭސިވިލާތުގައި ވެސް ބައިބަޔަށް ކިޔެވުމުގެ އިހްތިޔާރު ލިބިގެންދާނެއެވެ.

އަދި ކްރެޑިޓް ޓްރާންސްފަރ ކޮށް، އިނގިރޭސިވިލާތުގައި އެއް އަހަރުގެ ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތައް ފުރިހަމަ ކުރުމަށް ފަހި ވެގެންދާނެއެވެ.