ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޗައިނާގެ ބޭންކުތަކުން ވަނީ ޗައިނާގެ އުއްމީދީ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ފަގީރު ގައުމުތައް ބައިވެރިކޮށްގެން ދީލަތިކަމާއެކު އެހީތަކެއް ވެދީފައެވެ. އެކަމަކު މިހާރުއެ ގައުމުތަކުން ނަގާފައިވާ ލޯނުތަކާހެދި ބައެއް ގައުމުތައް ދަރަނިވެރިވެ، ފައިސާ ނުދެއްކުމުން ޗައިނާގެ ދީލަތިކަން ވަނީ ކުޑަވެފަ އެވެ.
ފަގީރު ގައުމުތަކުން ނަގާފައިވާ ލޯނުތަކުން ލިބޭ އިގްތިސާދީ ލޮޅުން ކުޑަކޮށް އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގައި ލޯނު ދައްކަން ދަތިވެފައިވާ ފަރާތްތަކަށް ދަރަނި އަދާކުރުމަށް ލުޔެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ދަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތި ވަމުންނެވެ.
ގައުމުތަކުން ދަރާފައިވާ ދަރަނި ލުއިކުރުމުގެ އެއްބަސްވުންތައް އަވަހަށް ނުހެދިއްޖެނަމަ، ގިނަ ގައުމުތައް ޑިފޯލްޓްވެ ދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ އެއްގައުމަށް ދިމާވެއްޖެނަމަ ބަރިބަރިއަށް އެހެން ގައުމުތަކަށްވެސް ދިމާވެދާނެ ކަމެކެވެ.
އެއީ އެވެސް ގައުމަކުން ފައިސާ ދެއްކުން ހުއްޓާލައިފިނަމަ، ލޯނު ދޭ ފަރާތްތަކުން ކަންބޮޑުވާން ފަށަނީ އެހެން ގައުމުތަކުންވެސް އެގޮތަށް އަމަލު ކޮށްފާނެތީ އެވެ. އެހެންވެ ގައުމުތަކުގެ ކްރެޑިޓް ހިފަހައްޓައި ނުވަތަ ސުޕަ ހައި އިންޓަރެސްޓް ރޭޓްތަކަށް ޑިމާންޑް ކުރެއެވެ. އަދި މާލީ ގޮތުން ވެސް ވަރުގަދަ ގައުމުތައް ވެސް ޝައްކެއްގެ ތެރެއަށް ވެއްޓި، ޑޮމިނޯސްތަކެއް ފަދައިން ވެއްޓިގެން ދެއެވެ.
ދުނިޔޭގެ ގައުމުތަކުގެ ދަރަނި އަދާކުރުމުގެ ޕްރޮގްރާމްތައް ވިލަރެސްކުރާ 22 ދަރަނި ދޭ ފަރާތުގެ މައްޗަށް އެކުލެވޭ ޕެރިސް ކްލަބާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން މިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއެވެ.
އެއީ 1980ގެ އަހަރުތަކުގައި ލެޓިން އެމެރިކާއަށް ދިމާވި ދަރަނީގެ ކާރިސާއާއި 1997 ވަނަ އަހަރާއި 1998 ވަނަ އަހަރުގެ އޭޝިޔާގެ މާލީ ކާރިސާ މެނޭޖު ކުރެވުނު ގޮތް އެފަރާތުގެ ތަޖުރިނބާގައި އެބަހުއްޓެވެ.
ފަގީރު ގައުމުތަކަށް ދިމާވެގެން އުޅޭ މައްސަލައަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއި، ރަޝިޔާއިން ޔޫކްރެއިންގައި ފެށި ހަނގުރާމައާއި، އިންފްލޭޝަން މަތިވުމާއި، އިންޓްރެސްޓް ރޭޓް މަތިވުމުގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފުތަކެވެ.
މީގެކުރީގެ ދަރަނީގެ ކާރިސާގައި ޗައިނާއަކީ ބައިވެރިއެއް ނޫނެވެ. ނަމަވެސް މިހާރު ޗައިނާ ބަލަބަލައި އޮތުމުން ނުތަވަސްކަން އިތުރު ވެއެވެ. ޗައިނާއިން ވަނީ ދަރަނިދޭ ގައުމުތަކުގެ ޕެރިސް ކްލަބާ ގުޅުމަށް ދެކޮޅު ހަދާފަ އެވެ.
އަދި ޗައިނާއިން ލޯނުތައް ދެނީ ލޯނުގެ މުއްދަތުތައް ސިއްރު ކުރުމާއި، ކޮރަޕްޝަނަށް ކަނު ލޮލެއް ދިނުމާއެކުގައެވެ. ޗައިނާއިން ދަރަނިދޭ ގައުމުތަކަކީ ވެރިކަމުގެ ނިޒާމު ބަލިކަށި ގައުމުތަކެވެ.
ޗައިނާއިން 2008 ވަނަ އަހަރު ލޯނު ދޫކުރުމުގެ މަސައްކަތް ފެށިފަހުން، ޗައިނާ އަކީ ފަގީރު އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް އެންމެ ގިނައން ލޯނު ދީފައިވާ ގައުމެވެ.
ވާޖީނިއާގެ ޕަބްލިކް ޔުނިވާސިޓީގެ ވިލިއަމް އެންޑް މޭރީގެ ރިސާޗް ލެބްގެ އެއިޑްޑޭޓާ އިން ބުނާ ގޮތުގައި ބައެއް ހާލަތްތަކުގައި ދަރަނިވެރިންނަށް ދަރަނި ނުދެއްކުމުން އެމީހުންނަށް އެހީތެރިވުމުގެ ގޮތުން އާ ލޯނުތައް ވެސް ޗައިނާއިން ދަނީ ހަމަޖައްސައިދެމުންނެވެ.
ސެންޓާ ފޯ ގްލޯބަލް ޑިވެލޮޕްމަންޓްގެ ސީނިއާ ފެލޯއެއް ކަމަށްވާ ސްކޮޓް މޮރިސް ވިދާޅުވި ގޮތުގައި މިއީ ގިނަ އަދަދެއްގެ ގައުމުތަކުގައި އެއްފަހަރާ އިގްތިސާދީ ކާރިސާއެއް ހިނގާފާނެ ކަމުގެ ބިރު އެބަ އޮތެވެ.
އައިއެމްއެފްއިން ރިޕޯޓް ކުރާ ގޮތުގައި ދަށު ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ ތެރެއިން 60 އިންސައްތަ އަދި ތަރައްގީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން 30 އިންސައްތަ ޤައުމުތައް ދަރަނީގެ ދަންތުރައެއްގައި ޖެހިފައި ނުވަތަ ޖެހެން ކައިރިވެފައި އެބަތިބި ކަމަށާއި، އެއިން ދޭހަކޮށްދެނީ، ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރިކަން ކަމަށެވެ.
ރޯޑިއަމް ގްރޫޕްގެ ޕާޓްނަރެއް ކަމަށްވާ ޑެނިއަލް ރޮސެން ވިދާޅުވި ގޮތުގައި ޗައިނާ އިން މިއަދާ ހަމައަށް ވެސް އަމަލު ކުރަމުން ދަނީ ދުނިޔޭގެ ހަގީގީ ނިޒާމީ ކުޅުންތެރިއެއް އުޅޭ ފަދައިން ނޫނެވެ. މައްސަލައަކަށް ވަނީ ޗައިނާއިން ސީދާ ތެދު ބަހުން ވާހަކަ ނުދެއްކުމެވެ.
ޗައިނާއިން ދީފައވާ ލޯނުތައް ބާތިލު ކުރުމަށް ސަރުކާރުގެ އެންމެ އިސް ޕޮލިސީ އެކުލަވާލާ އިދާރާ ސްޓޭޓް ކައުންސިލްގެ ރުހުން ހޯދަން ޖެހެއެވެ.
އޮންޓާރިއޯގެ ވޯޓާލޫގައި ހުންނަ
ސެންޓާ ފޯ އިންޓަނޭޝަނަލް ގަވަނަންސް އިނޮވޭޝަންގެ ސީނިއާ ފެލޯއެއް ކަމަށްވާ އެލެކްސް ހީ ވިދާޅުވި ގޮތުގައި "ޗައިނާއިން ވަނީ އެ ގައުމުގެ ދައުލަތުން ހިންގާ ލޯނު ދިނުމުގެ މޮޑެލް ގައުމުން ބޭރަށް އެކްސްޕޯޓްކޮށްފަ އެވެ."
ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކުގެ ސަބަބުން ޗައިނާގެ ކޮންސްޓްރަކްޝަން ފާމްތަކާއި، އެތެރޭގައި ހުއްޓުން އެރި މާކެޓްތަކަށް މަސައްކަތް ހޯދައިދިނެވެ. އެކަމަކު މިހާރު ލޯނުތައް ގޯސްވެ، ލޯނު ދޭ ފަރާތްތަކުން ފުލް ރީޕޭމަންޓް ދައްކަން ބާރު އަޅަމުން އަންނައިރު، ޗައިނާގެ ނަން ކިލަނބުވެ، ޗައިނާއަށް ގެއްލުން ވަމުން އަންނަ ތަން މެދުވެރިވެއެވެ.