ޑާކާގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނުން ބަންގްލަދޭޝްގެ ހައިކޮމިޝަނުން ހުތުރު ދިދައެއް އެފްބީ ޕޭޖުގައި ޝާއިއުކުރުމުން ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރވި މީހުންގެ ޖަމުއިއްޔާ ބަންގްލަދޭޝްގެ މުކްތީޖޯދާ މަންޗް އިން ޕާކިސްތާނާ ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ޕާކިސްތާނު ހައިކޮމިޝަނުން އަޕްލޯޑް ކުރި ދިދައިގެ ފޮޓޯ ވައިރަލްވި ހިސާބުން ބަންގްލަދޭޝް މީހުންގެ މެދުގައި ވަނީ ރުޅިވެރިކަން އުފެދިފަ އެވެ.

މުކްތީޖޯދާ މަންޗް ޑިމާންޑް ކުރީ ގައުމީ ދިދަ އިގެ އަގު ވައްޓާލުމަށް ހިންގި އަމަލާ ގުޅިގެން ޕާކިސްތާނށް ފިލާވަޅެއް ދިނުމަށްކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުންޏެވެ.

އަދި ބަންގްލަދޭޝްގެ ދިދަ ހޯދީ ބަންގްލަދޭޝްގެ އެތައް މިލިއަން ރައްޔިތުން ލޭ އޮހޮރުވައިގެން ކަމަށާއި ޕާކިސްތާން ހައިކޮމިޝަނާ ދެކޮޅަށް ވަގުތުން ހަރުކަށި ފިޔަވަޅު ނާޅައިފިނަމަ، އެ ޖަމްއިއްޔާއިން މުޅި ގައުމުގައި ހަރަކާތެއް ފަށާނެ ކަމަށްވެސް އިންޒާރު ދިނެވެ.

މުކްތީޖޯދާ މަންޗް ވަނީ އޭރުގެ އިރުމަތީ ޕާކިސްތާނުގައި ނަސްލު ނައްތާލުމުގެ ޖަރީމާ ތަކެއް ހިންގި ކަމަށް ބުނެ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ޕާކިސްތާނު ސިފައިންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ޑިމާންޑްކޮށްފަ އެވެ.