މިނީ ބަހުގެ ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ރަށްރަށަށް ބަސްތައް ފޮނުވުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން 24 ބަހެއް އެކިރަށްރަށަށް ފޮނުވާނެއެވެ. މިބަސްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ، އައްޑޫސިޓީއާއި، ފުވައްމުލަކު ސިޓީގެ އިތުރުން ލ.އަތޮޅަށެވެ. އޭގެ އިތުރުން މާލޭގައިި ވެސް މިނީބަހުގެ ޚިދުމަތް ފެށުމަށް މިމަހު 16 ވަނަަ ދުވަހު އެމްޓީސީސީން ވަނީ 36 ބަސް ގެނެސްފައެވެ. ޖުލައި ނިމުމުގެ ކުރީން މާލޭގަައި މިނީބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ ތައްޔާރުވެފައެވެ.

މިނީ ބަހަކީ 18 އާއި 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. މި ޚީދުމަތަށް އިތުރު ފަސް ބަހެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެެވެ.