އެމެރިކާ މީހުން މޮޔަ ހެއްދިދާނެ ހެއްޔެވެ؟ ޗައިނާ ސަރުކާރުން 2017 ވަނަ އަހަރު ހުށަހެޅީ 100 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ހުންނަ ނެޝަނަލް އާރބަރީޓަމްގައި ޒީނަތްތެރިކޮށްފައިވާ ޗައިނާ ބަގީޗާއެއް ބިނާކުރުމަށެވެ. ޓެމްޕަލްތަކާއި ޕެވިލިއަންތަކާއި 70 ފޫޓުގެ ހުދު ޕަގޯޑާއަކާއެކު ޒީނަތްތެރިކޮށްފައިވާ މި މަޝްރޫއު ވެގެން ދިޔައީ އެ ސިޓީގެ މަސްއޫލުވެރިން މިކަން ގަޔާވި މަޝްރޫއަކަށެވެ. ޗައިނާގެ މި އިންވެސްޓްމެންޓްގެ ސަބަބުން މިލިއަނުން އެތެރެވާނެ ޓޫރިސްޓޫންނާއި މިލިއަނުން ވަންނާނެ ޑޮލަރު އެމީހުންގެ ލޯމަތިން ފެނިގެން ދިޔަ ފަދައެވެ.

މިމަޝްރޫއާ މެދު ފުންކޮށް ވިސްނީ އެމެރިކާގެ ކައުންޓާއިންޓެލިޖެންސް މަސްއޫލުވެރިންނެވެ. އެމީހުން އޭގެ ތަފްސީލަށް ފީނައިގެން ބެލިއިރު އެ މީހުންނަށް ފެނުނީ ރަތް ކުލައިގެ ގިނަ ދިދަތަކެކެވެ.

ވޮޝިންޓަން ޑީސީގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހާ އެންމެ ދެ މޭލު ދުރުގައި އޮންނަ އެންމެ އުސް އެއް ސްޓްރެޓެޖިކް ޕޮއިންޓްގައި ޕަގޯޑާ ބަހައްޓާތަން މި މަޝްރޫއުގެ ކުރެހުންތަކުން ހާމަވެގެން ދެއެވެ.

މި ޕަގޯޑާ ބިނާ ކުރަނީ ޗައިނާއިން ފޮނުވާ މެޓީރިއަލް ބޭނުން ކޮށްގެންނެވެ. ހަމައެއާއެކު އެމެރިކާގެ ކަސްޓަމްސް އޮފިޝަލުންނަށް މިތަކެތި ބަލައި ފާސްކުރުން މަނާވެގެންވެއެވެ.

މި މަޝްރޫއު ބިނާ ކުރުމަށް މަސައްކަތް ފެށުމުގެ ކުރިން އެމެރިކާގެ ފެޑެރަލް މަސްއޫލުވެރިން ވަނީ މަޝްރޫއު މަޑުމަޑުން މަރާލާފައެވެ.

މި ކެންސަލްކުރި ބަގީޗާއަކީ އެފްބީއައި އާއި އެހެން ފެޑެރަލް އޭޖެންސީތަކުން ޖާސޫސްކުރުމާ ދެކޮޅަށް އެތައް ހަރަކާތެއް ހިންގުމުގެ މައިދާނެކެވެ.

ޗައިނާގެ ރައްޔިތުން އެމެރިކާގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ހުންނަ ސަރަހައްދުތަކުން ބިންތައް ގަތުން،2017 ވަނަ އަހަރުން ފެށިގެން އިތުރު ވެފައިވާކަން ފާހަގަ ވެއެވެ. އަދި ޖާސޫސް ކުރުމުގެ ވިއުގަތަކެއް ކަމަށް ބަލައިގެން އެމެރިކާގައި އެކި ތަންތާނގައި ޗައިނާއިން ހިންގި ހައި ޕްރޮފައިލް ރީޖަނަލް ކޮންސިއުލޭޓްތައްވެސް ބަންދުކޮށްފައި ވެއެވެ.

ޗައިނާއިން ޖާސޫސް ކުރުމުގެ ހަރަކާތްތައް މެދު ކެނޑުމެއް ނެތި ހިންގަމުން ގެންދެއެވެ. އެންމެ ފަހުން ތިލަވެފައިވާ މައުލޫމާތުގައި އެފްބީއައި އިން ހާމަކޮށްފައި ވަނީ ހުއާވޭ ގެ އިކުއިޕްމަންޓްތައް އެމެރިކާގެ އަސްކަރީ މަރުކަޒުތައް ކައިރީގައި ހުންނަ ސެލް ޓަވަރުތަކެއްގެ މަތީގައި ހަރުކޮށްފައިވާ ވާހަކައެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު އެނގޭ ގިނަ މަސްދަރުތަކުން ބުނާ ގޮތުގައި އެފްބީއައި އިން ހޯދައިގަތް މި އާލާތްތަކަކީ އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ބަލަހައްޓާ ސްޓްރެޓީޖިކް ކޮމާންޑުން ބޭނުން ކުރާ މުވާސަލާތީ ސާމާންތަކުގެ މަސައްކަތް ހުއްޓުމަކަށް ގެނައުމުގެ ގާބިލްކަން ލިބިފައިވާ އާލާތްތަކެކެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ކައިރީގައި ވާވޭ ކުންފުނިން ބަހައްޓާ އާލާތްތަކާ މެދު ފުޅާ ދާއިރާއެއްގައި ކަންބޮޑުވުންތައް އުފެދިފައި ވީ ނަމަވެސް، މިކަމާ ގުޅޭ ހޯދުންތައް އެއްވެސް އިރެއްގައި ތަހުގީގުކޮށް ރިޕޯޓް ކޮށްފައެއް ނުވެއެވެ. އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ވެރިކަމުގައިވެސް އެކަން ބަލައި ހަދާފައި ވެއެވެ. ހަމައަށް ވެސް ފޯރާފައި ވެއެވެ.

ސީއެންއެންއިން ބުނާ ގޮތުގައި ކުރިން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެއްތައް މަސްދަރަކުން ވަނީ މި ވާހަކަ ކަށަވަރު ކޮށްދެއްވާފައެވެ.

ޗައިނާއިން ފާޅުގައި މައުލޫމާތުން ވައްކަން ކުރާކަން އެމެރިކާއަށް އެނގޭ އިރު ވެސް އެމެރިކާއަށް މާބޮޑު ކަމެއް ނުކުރެވެއެވެ. ކޮންގްރސްއިން2020 ވަނަ އަހަރު ވަނީ ޗައިނާގެ ހުއާވޭ އާއި ޒެޑްޓީއީ ސެލިއުލާ ޓެކްނޮލޮޖީގެ ސާމާނުތައް ބޭނުން ނުކުރާ ގޮތަށް 1.9 ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް ރުހުން ދީފައެވެ. އެކަމަކު އޭގެ ދެ އަހަރު ފަހުންވެސް، އެމެރިކާގެ ރަށްފުށުގެ ސަރަހައްދުތަކުން ނަގަން ވަރުދެއްލި އެއްވެސް އިކްއިޕްމެންޓެއް އަދިވެސް ނެގިފައެއް ނުވެއެވެ.

އަދި ރަށްފުށުގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކަށް ދޭން ބުނި ފައިސާވެސް އެމެރިކާ ސަރުކާރަކަށް ދެވިފައެއް ނުވެއެވެ.

އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަން ކޮމިޝަނަށް ލިބުނު އެޕްލިކޭޝަންތަކުގައި ޗައިނާއިން އުފެއްދި މުވާސަލާތީ އާލާތްތަކުގެ 24،000 ސާމާނު އުނިކުރުމަށް އެދިފައި ވެއެވެ. ނަމަވެސް އެކޮމިޝަނުން ބުނެފައި ވަނީ އެމަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ނެތް ކަމަށެވެ.

އެމެރިކާގެ ގާނޫނު ތަންފީޒުކުރާ ކުރީގެ އިސް އޮފިޝަލަކު ސީއެންއެންއަށް ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުގެ ފަހުކޮޅު ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ހުއާވޭގެ އާލާތްތަކާ މެދު އެ ޑިޕާޓްމަންޓުން ގެންގުޅޭ ގައުމީ ސަލާމަތާ ބެހޭ ކަންބޮޑުވުންތައް ކޮމާސް ޑިޕާޓްމަންޓަށް ފޮނުވައި، އެ އާލާތްތައް އެމެރިކާގައި ހުރި ތަންތަނާ ބެހޭ މައުލޫމާތު ދީފައެވެ.

ބައިޑަންގެ ސަރުކާރުން 2021 ވަނަ އަހަރު ވެރިކަމާ ހަވާލުވުމަށްފަހު، ކޮމާސް ޑިޕާޓްމަންޓުން ހުއާވޭއާ މެދު އަލުން އަމަލު ކުރާނެ ސިޔާސަތެއް އެކުލަވާލުމަށް އަލުން ތަހުގީގެއް ފެއްޓިއެވެ. ސީއެންއެންއާ ވާހަކަ ދެއްކި އެމެރިކާގެ މިހާރުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި ގައުމީ ސަލާމަތާ ބެހޭ އޮފިޝަލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކުގެ ތެރޭގައި، ހިމެނެނީ ހުއާވޭއިން ސޮފްޓްވެއާ އަޕްޑޭޓް ކުރާއިރު، އެކަމާ ބެހޭ ސިގްނަލް ގައުމުގެ ބޭރުން ލިބޭއިރު ޗައިނާ ސަރުކާރަށް އެމެރިކާގެ ވިއުގަތަކަށް ވަދެގަތުމުމަށް ފުރުސަތު އޮންނާނަ ކަމަށެވެ.