ހުއްދަ ކޮށްފައިވާ ކޮންމެ މެޓީރިއަލްއެއް ބޭނުން ކޮށްގެން ކޮންމެ ރައްޔިތަކަށްވެސް އަމިއްލަ ގޭގައި ދިދަ ނެގޭނެކަމަށް އިންޑިއާ ސަރުޚާރުން ބުނެއެވެ. އާނމު ރައްޔިތުން ގޭގައި ދިދަ ނެގުމަށް ސަރުކާރުން ހުއްދަ ދިނީ 75 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވީހާވެސް ގިނަ ބަޔަކަށް ދިދަ ނެގުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ކުރިން އިންޑިއާގައި އާންމުންނަށް ދިދަަ ގެންގުޅެވޭނީ ވަކި ޚާއްސަ ދުވަސްތަކެއްގައެވެ. އެއަށްފަހު ކޯޓު ޙުކުމަކުން ދިދަ ގެން ގުޅުން ހުއްދަ ކުރިއެވެ. ނަމަވެސް މި ހަފްތާގައި ސަރުކާރުން ކުރި އިއުލާނާއެކު މިއީ ގެތަކުގައި އާްނމުންނަށް ފުރަތަމަ ފަހަރަށް ދިދަ ނެގުމަށް ހުއްދަ ކުރެވުނު ފަހަރެވެ.

ސަރުކާރުގެ ހިތްވަރު ދިނުމާއެކު ކުދި ވިޔަފާރިތަކަށް ވަނީ ހިތްވަރެއް ލިބިގެން ގިސްފައެވެ. މިހާރު ދިދަފެހުން ވަނީ މި ދުވަސްކޮޅު ބޮޑު ވިޔަފާރިއަކަށް ބަދަލުވެފައި ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.