ކޮވިޑް-19 އާލާވެގެން އައި ބިން، ޗައިނާގެ ވޫހާން ސިޓީގެ 1 މިލިއަނެއްހާ މީހުން ދިރިއުޅޭ ޑިސްޓްރިކްޓެއް ބަންދުކޮށްފިއެވެ. ސަބަބަކީ ކޮވިޑަށް ފައްސިވެފައިވާ ހަތަރު ކޭހެއް އެ އާބާދީން ފެނުމެވެ.
ޖިއާންޒިއާ ޑިސްޓްރިކްޓްގައި ބުދަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން އަޅާފައިވާ ބަންދުކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އަދި ގިނަ ވިޔަފާރިތައް ބަންދުކުރާނެ ކަމަށް އެ ސަރަހައްދުގެ މަސްއޫލުފަރާތްތަކުން ވަނީ އަންގާފައެވެ. އަދި ރެސްޓޯރަންޓްތަކުގެ ތެރޭގައި މީހުން އެއްވެ ތިބެ ކެއުން މަނާކުރުމާއި، ކަރޯކޭ ބާތަކާއި މުނިފޫހިފިލުވުމުގެ ތަންތަން ބަންދުކުރުމާއި، އާންމު ދަތުރުފަތުރުގެ ގިނަ ހިދުމަތްތައް ވެސް އެ ޑިސްޓްރިކްޓުން ހުއްޓާލާނެ ކަމަށް ބުނެފައިވެއެވެ. މި ހަތަރު ކޭސްއަކީ އެ ޕްރޮވިންސުން އަލަށް ފެނުނު ހަމައެކަނި ކޭސްތަކެވެ.
މިއީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅުން ފެށިގެން ވޫހާންއިން މުޅި ދުނިޔއަށް ކޮރޯނާ ވައިރަސްޑިޒީޒް (ކޮވިޑް-19)ގެ ފުރަތަމަ ކޭސްތައް ފެނިގެން 76 ދުވަހަށް ލޮކްޑައުން އިއުލާންކުރި ފަހުން، އެ ސަހަރުގައި ހިސާބެއް ފުރަ ބަންދަކަށް ދާ ފުރަތަމަ ފަހަރެވެ.
މިދިޔަ މަހު ޗައިނާގެ ލީޑަރު ޝީ ޖިންޕިން ވަނީ ވޫހާން ސިޓީއަށް ކުތރެއްވި ޒިޔާރަތުގައ ޗައިނާގެ އެ ގައުމުގެ އިގްތިސޯދީ ތަރައްގީގެ ބައެއް ޤުރުބާން ކުރަން ޖެހުނަސް "ކޮވިޑު ޒީރޯ" ގެ ސިޔާސަތު އެގޮތުގައި ދަމަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.
ވައިރަސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މަރުކަޒީ ސަރުކާރުން ހަރުކަށި ވިސްނުމެއް ގެންގުޅެމުންދާ އިރު، ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް އަދަދުން ފެންނަތާ ދުވަސްތަކެއް ނުވަތަ ހަފުތާތަކެއް ވަނީ ވެފައެވެ.