ރައީސް ސޯލިޙުގެ ދަތުރުފުޅާ ދިމާކޮށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ހާއްސަ ބްރީފިންއެއްގައި ބުނީ ރާއްޖޭގައި ހިންގާ "އިންޑިއާ އައުޓް"ގެ ކެމްޕޭން ބިނާވެފައި އޮތީ "ހަގީގަތާ ހިލާފު އަދި ދޮގު ޕްރޮޕެގެންޑާ" ވާހަކަތަކެއްގެ މައްޗަށް ކަމަށެވެ.މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ އިންޑިއާ އައުޓު ކެމްޕޭންގައި ފެނިގެން ދަނީ ރާއްޖޭގެ އާންމު ރައްޔިތުންގެ ރައުޔެއް ނޫން ކަމަށެވެ. އިންޑިއާ އާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ޗައިނާއަށް ސަޕޯޓު ކުރާ ކުރީގެ ރައީސް އަބްދުالله ޔާމިން އިސްވެ ހިންގާ ކެމްޕޭނެކެވެ.ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޔާމީން އަބަދުވެސް އިންޑިއާއާ ދެކޮޅަށް މަސައްކަތް ކުރަނީ ސިޔާސީ މަންފާތަކެއް ހޯއްދެމުގެ މަގްސަދުގައެވެ. ގަލޮޅުދަނޑުގައި ޔޯގާ ދުވަހު ބެއްވި ހަރަކާތާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކަށް ތައުރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވީ ރައްޖޭގައިވެސް 2015ން ފެށިގެން ޔޯގާ ދުވަސް ފާހަގަކުރަމުންދާ ކަމަށެވެ.

ހަމަ ނުޖެހުން ހިންގި ފަރާތްތަކަށް ސަރުކާރުން އެޅި ފިޔަވަޅަށްވެސް ހައިކޮމިޝަނަރ ތައުރީފް ކުރެއްވިއެވެ.