އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން، ޓިކްޓިކްގެ ނުރައްކަލުގެ އިންޒާރު ދިނުމާއެކު ޕާލަމެންޓްގެ ޓިކްޓޮކް އެކައުންޓް ބަންދުކޮށްފިއެވެ. ޔޫކޭ ޕާލަމެންޓުން މިގޮތަށް ނިންމާފައި ވަނީ ޗައިނާގެ ސަރުކާރަށް ޔޫކޭގެ ޕާލަމެންޓްގެ ޑޭޓާ ބެލުމުގެ ބިރު އޮތް ކަމަށް ބުނެ އެވެ.
ޔޫކޭގެ ކުރިން އިހައް ދުވަހު ނިއުޒިލެންޑްގެ ޕާލަމެންޓިންވެސް ވަނީ އެމްޕީން ޓިކްޓޮކް ބޭނުން ކުރުން މަނާ ކޮށްފައެވެ.
ޔޫކޭ ޕާލަމެންޓުން ހިންގަމުން ގެންދިޔަ ޓިކްޓޮކް އެކައުންޓުވެެސް ބަންދުކޮށްފައި އެ އެކައުންޓުގެ ކޮންޓެންޓް ޑިލީޓްކޮށްފައި މިވަނީ، އެކައުންޓް ލޯންޗްކުރިތާ ދުވަސްތަކެއް ފަހުންނެވެ.
ޓިކްޓޮކްއަކީ ޗައިނާގެ ބައިޓްޑާންސް ކުންފުނީގެ މިލްކެކެވެ.ތހުމަތު ކުރެވޭ ގޮތުގައ ޗައިނާ ސަރުކާރުން ބޭނުންވާ ހނދެއްގައި އެ ކުންފުނީގެ ކޮންޓްރޯލް ޗައިނާ ސަރުކާރަށް ދޭން ޖެހޭނެ ކަމަށް ބުނާ ވާހަކަ އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ.
ލަންޑަނާއި ބެއިޖިންގެ ގުޅުން މިފަހަކަށް އައިސް ވަރަށް ބޮޑަށް ހީނަރުވެފައި ވާއިރު، ޗައިނާއިން މިދިޔަ އަހަރު ވަނީ ޔޫކޭ ޕާލަމެންޓްގެ ގިނަ މެމްބަރުންނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެކަމާ ގުޅިގެން ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.
"މެމްބަރުގެ ފީޑްބެކްގެ މައްޗަށް ބިނާކޮށް، ޕައިލެޓް ޔޫކޭ ޕާލަމެންޓް ޓިކްޓޮކް އެކައުންޓް އަޅުގަނޑުމެން ކުރިން ރާވާފައި އޮތް ވަރަށް ވުރެ ކުރިން ބަންދުކުރަން މިނިންމީ" އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
"މި އެކައުންޓަކީ ޕައިލެޓް އިނީޝިއޭޓިވްއެއް، އަޅުގަނޑުމެން މި ޕްލެޓްފޯމް ޓެސްޓް ކުރިއިރު، މި ޕްލެޓްފޯމަކީ ރައްޔިތުންގެ މަޖިލީހާ ގުޅޭ ކޮންޓެންޓް ހިމެނޭ ޒުވާން އޯޑިއަންސްއާ ހަމައަށް ވާސިލްވެވޭނެ މަގެއް." ތަރުޖަމާން ވިދާޅުވިއެވެ.
ޓިކްޓޮކްގެ ތަރުޖަމާނަކު ބީބީސީއަށް މައުލޫމާތު ދެމުން ބުނީ އިނގިރޭސި ޕާލަމެންޓުން އެޕް ބޭނުން ނުކުރުމުން އެފަރާތުން އެކަމަށް ހިތާމަ ކުރާ ކަމަށެވެ.
ޔޫކޭގެ ކަންބޮޑުވުންތަކާ ގުޅިގެން ޓިކްޓިކްގެ ސްޕޯކްސްޕާސަން ވިދާޅުވީ "އަޅުގަނޑުމެންގެ ޕްލެޓްފޯމާ މެދު އެއްވެސް ފުށުއެރުމާ ބެހޭ ގޮތުން ކަމެއް ސާފުކުރަން ބޭނުން ނަމަ އަޅުގަނޑުމެން ތައްޔާރަށް ތިބޭނެ" ކަމަށެވެ.
ކޮންޒަރވެޓިވް ޕާޓީގެ ކުރީގެ ލީޑަރު ސަރ އިއާން ޑަންކަން ސްމިތްއާއި، ޓޮރީ ލީޑަރޝިޕްގެ ވާދަވެރިޔާ ޓޮމް ޓުގަންދަތު، ޕާލަމެންޓްގެ ދެ ގޭގެ ރައީސުންނަށް ފޮނުއްވި ސިޓީފުޅެއްގައި، ޓިްޓޮކްގެ ސަލާމަތީ ކަންބޮޑުވުންތައް ހިއްސާ ކުރެއްވިއެވެ.