މިމަހިހެ 27 ވަަނ ދުވަހުގެ ރޭ ހިނގި އެކްސިދެންޓްގައި ސައިކަލު ފަހަތުގައި އިން 24 އަހަރުގެ އަންހެން މީހާ އަށް ފަރުވާ ދެމުންދަނިކޮށް ނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ 27 ވަނަ ދުވަހުގެ ރޭ 22:00 ހާ ކަންހާއިރު ބާރު ސްޕީޑްގައި މާލެ އަމީނީމަގުން ދަރުމަވަންތަ ހޮސްޕިޓަލާ ބޮޑުތަކުރުފާނު މަގާ ދިމާލަށް ނިކުތް ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ދުވާ ޓްރެކް މައްޗަށް އަރައި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

އެކްސިޑެންޓް ހިނގިއިރު ފަހަތުގައި އިން އަންހެން މީހާ އަށް ފަރުވާ ދެމުންދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. ފުލުހުންބުނީ ސައިކަލް ދުއްވަން އިނީ ލައިސަންސް ނޯންނަ މީހެއް ކަމަށެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ. މާލެ ސިޓީގައި ރޭވެސް ވަނީ އެކްސިޑެންޓެއް ހިނގާފައެވެ.