އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޗައިނާގެ އަސްކަރީ ތަމްރީނުތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ވައިގެ ދަތުރުފަތުރަށެވެ.

ތައިވާންގެ މަދަނީ ވައިގެ ދަތުރުފަތުރުތައް ޓައިޕޭއަށް ކުރާ އެއަރ ލައިންތަކުން ވަނީ ދަތުރުތައް ކެންސަލްކޮށްފައެވެ. އަދި އެހެން ބައެއް އެއާލައިންތަކުން ވަނީ ކައިރި ވައިގެ ސަރަޙައްދު ބޭނުންކޮށްގެން ދަތުރުތައް ބަދަލުކޮށްފައެވެ.

ޓައިވާން ސްޓްރެއިޓްގައި ޗައިނާއިން ކުރިއަށް ގެންދާ އެންމެ ބޮޑު ޑްރިލްތަކުގައި ޓައިވާން ކައިރިން އެތައް މަތިންދާ ބޯޓަކާއި ލައިވް މިސައިލް އުދުއްސާލައިފައި ވެއެވެ.

ޗައިނާއިން މިކަމުގައި ބޭނުން ކުރާ ވައިގެ ސަރަހައްދަކީ ނިސްބަތުން ކުޑަ ވައިގެ ސަރަހައްދެއް ނަމަވެސް، މި ބުރޫއެރުމުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިއާ އާއި އުތުރު އިރުމަތީ އޭޝިއާއާ ދެމެދު ކުރާ ދަތުރުތަކަށް ހުރަސް އެޅެއެވެ.

ކޮރެއަން އެއަރ ލައިންސްއިން ބުނީ ހުކުރު އަދި ހޮނިހިރު ދުވަހު ސޯލްއާއި ޓައިޕޭއާ ދެމެދު ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާކަމަށާއި، މި އެކްސަސައިޒްތަކުގެ ސަބަބުން މިއަދުވެސް ބައެއް ފްލައިޓްތައް ޑިލޭ ކޮށްފައިވާ ކަމަށެވެ.

ސިންގަޕޫރު އެއަރލައިންސްއިން ބުނީ ސިންގަޕޫރާއި ޓައިޕޭއާ ދެމެދު ހުކުރު ދުވަހު ކުރާ ދަތުރުތައް ކެންސަލްކުރީ "ވައިގެ ސަރަހައްދު ގެ ދަތިކަން ކުރިމަތި ވަމުން ދާތީ" ކަމަށާއި އިތުރު އެޖަސްޓްމަންޓްތަކެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި ހާލަތު މޮނިޓާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ޖަޕާނުގެ އޭއެންއޭ އާއި ޖަޕާން އެއާލައިންސް އިން އަދިވެސް ތައިޕޭއަށް ދަތުރުތައް ކުރަމުން ދަނީ އާދައިގެ މަތިން އުދުހގހޭ ރޫޓޫން ކަމަށް އެ އެއާލައިންތަކުގެ ސްޕޯކްސްޕަރސަން ވިދާޅުވި ނަމަވެސް އެ ބޯޓުތަކުން ޓައިވާން ކައިރި ވައިގެ ސަރަހައްދުގެ އިތުރުން ހޮންގްކޮންގާއި ދެކުނު އިރުމަތީ އޭޝިއާއަށް ދަތުރުކުރާން ދުރު މަގުތައް އިޚުތިޔާރުކޮށްފައި ވެއެވެ.

ހޮންގްކޮންގްގެ ކެތޭ ޕެސިފިކް އެއަރވޭސްއިން ބުރާސްފަތި ދުވަހު ބުނީ އެ އެއަރލައިންގެ ފްލައިޓްތައް ޓައިވާންގެ ވަށައިގެންވާ ވައިގެ ސަރަޙައްދުގެ ހަލަބޮލިކަމުގެ ސަބބުން ދުރު މަގު އިޚުތިޔާރު ކުރުމުން ދަތުރުތައް ދިގުވެފައިވާ ކަމަށެވެ. .

ފްލައިޓް ޓްރެކިން ސާވިސް ފްލައިޓްރާޑާ24 އިން ދައްކާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނުގެ ނިޔަލަށް ޓައިވާންގެ އެއާލައިންތައް ކަމަށްވާ ޗައިނާ އެއާލައިންސް އާއި އީވާ އެއާވޭސް އިން ވެސް ދަތުރު ކުރަމުން ދިޔަ އެވެ.

އެމިރޭޓްސްގެ ވެބްސައިޓްގައި ވާގޮތުން އެމިރޭޓްސް އިން ޓައިޕޭއަށް ދަތުރުތައް މެދު ކަނޑާލާފައެއް ނުވެއެވެ.

ކޮވިޑް-19ގެ ސަބަބުން ޓައިވާނަށް ދަތުރުކުރާ މީހުންގެ ޑިމާންޑް ދަށްވެ، ބަލިމަޑުކަމުގެ ކުރިން ދަތުރުކުރާ ވަރަށް ވުރެން މިހާރު ތައިވާނަށް ދާ ފްލައިޓްތައް މަދުކަން ފާހަގަވެއެވެ.