ޓައިވާންގެ ވަށާލައިގެން ބޮޑެތި އަސްކަރީ ޑްރިލްތައް ކުރިއަށް ގެންދާ ކަމަށް ޗައިނާގެ ސިފައިން ބުނެފިއެވެ. ޗައިނާގެ ސިފައިންގެ އިރުމަތީ ސަރަހައްދުގެ ކޮމާންޑުން ބުނީ ސަބްމެރިން އާ ދެކޮޅަށް ދޭ ޙަމަލާތަކާއި ކަނޑުގެ ޙަމަލާތައް ޕްރެކްޓިސް ކުރަމުންދާ ކަމަށެވެ.
ޗައިނާ އިން ވަނީ މީގެ ކުރިންވެސް ހަތަރު ދުވަހުގެ އެކްސަސައިޒްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީންތައް ފަށާފައި ވަނީ އެމެރިކާގެ ހައުސް ސްޕީކަރ ނެންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅަށް ބެއިޖިންއިން ދިން ޖަވާބުގެ ގޮތުންނވެ.
ޓައިވާނުން ތުހުމަތުކުރާ ގޮތުގައި ޗައިނާއިން މި ޑްރިލްތައް ބޭނުންކުރަނީ ޓައިވާނަށް އަރައިގަތުމަށް ކުރާ ޕްރެކްޓިސްއެއްގެ ގޮތުގައެވެ.
ޓައިވާނުން މިއަދު ބުނީ ޗައިނާގެ މަތިންދާ ބޯޓްތަކާއި މަނަވަރުތައް މިހާތަނަށް ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި އައްސޭރިފަށުން 12 ނޯޓިކަލް މޭލު (22 ކިލޯމީޓަރު؛ 14 މޭލު) ދުރުގައި ތިބެގެން ޕްރެކްޓިސް ކޮށްފައިވާ ކަމަށެވެ.
އޮސްޓްރޭލިއާ އާއި ޖަޕާނުގެ އިތުރުން އެމެރިކާއިން ވެސް މި ޑްރިލްތައް ކުށްވެރިކޮށްފައިވެއެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ޗައިނާގެ މަގްސަދަކީ ޓައިވާން ސްޓްރެއިޓް ކަމުގައިވާ 180 ކިލޯމީޓަރު ފުޅާ (110 މޭލު) ގެ ބޮޑު ކަނޑުގެ ސަރަހައްދުގެ ހާލަތު ބަދަލުކުރުމެވެ.