ޓްރަޕްގެ ގެއަށް ރެއިޑް ކުރުމުން އެމެރިކާގެ ކޮންގްރެސްގެ މެމްބަރުން ރުޅި ގަދަވެއްޖެއެވެ.

ހައުސްއޮފް ރެޕްރެޒެންޓެޓިވްސްގެ މައިނޯރިޓީ ލީޑަރ ކެވިން މެކާތީ ވިދާޅުވީ މިޑްޓާމް އިލެކްޝަންގައި ރިޕަބްލިކަނުންނަށް ހައުސްގެ މެޖޯރިޓީ ލިބިއްޖެނަމަ، އެމެރިކާގެ ބަންޑާރަ ނާއިބްއާއި އޭނާގެ އޮފީހުގެ މަސައްކަތްތައް އިންވެސްޓިގޭޓް ކުރާނެ ކަމަށެވެ. އެއާ ވިއްދައިގެން ބަންޑާރަ ނާއިބް މެރިކް ގަރލެންޑް ވިދާޅުވީ އެމެރިކާގައި އެއްވެސް މީހަކީ ގާނޫނަށް ވުރެން މަތީގައި ހުރެވޭނެ މީހެއ ްނޫން ކަމަށެވެ.

އެފްބީއައިއިން ވަނީ ޓްރަމްޕްގެ ގެ ބަލައި ފާސްކޮށްފައެވެ. އަދި އޭނާގެ ތިޖޫރީވެސް ބަލައި ފާސ ްކުރިކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕަށް ތުހުމަތު ކުރެވެނީ ވެރިކަން ދޫކޮށް ދިޔަ އިރު އެމެރިކާގެ ސަރުކާރުގެ ޑޮކިއުމެންޓްތައް ވަގަން ގެއަށް ގެންދިޔަ ކަމުގެ ތުހުމަތެވެ. އޭނާ ގެންދިޔަ ބައެއް ޑޮކިއުމެންޓްތައް ނުދީ ހިފެހެއްޓުމުން އެ ޑޮކިއުމެންޓްތައް ވަނީ ކޯޓު އަމުރަށް ސަރުކާރާ ހަވާލުކޮށްފައެވެ.