ކަޒަކިސްތާނުގައި ސެޕްޓެމްބަރު މަހުގެ 14-15 އަށް ދުނިޔޭގެ ދީންތަކުގެ ލީޑަރުންގެ ހަތްވަނަ ކޮންގްރެސް ބާއްވާނެ އެވެ. މި ކޮންގްރެސްގައި ބައިވެރިވެވަޑައި ގަންނަވާ މުހިންމު ބޭފުޅުންގެ ތެރޭގައި އަޒުހަރުގެ އިމާމުލް އަކުބަރު ޑރ. އަޙުމަދު އައްތައްޔިބުއާއި ރޯމަން ކެތޮލިކް ޕޯޕް ފްރާންސިސް ވެސް ހިމެނިވަޑައި ގަންނަވައެވެ.
ޕޯޕްގެ ދަތުރުފުޅު ވެގެންދާނީ މެދުތެރޭ އޭޝިއާގެ ގައުމަކަށް އޭނާ ކުރައްވާ ފުރަމާނަ ރަސްމީ ދަތުރުފުޅަކަށެވެ.
ކަޒަކިސްތާނުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ވަނީ ދުނިޔޭގެ ބޮޑެތި ދީންތަކުގެ ވެރިންގެ 7 ވަނަ ކޮންގްރެސް (14-15 ސެޕްޓެމްބަރ 2022) ކަވަރު ކުރަން ބޭނުންވާ ބޭރުގެ މީޑިއާގެ މަންދޫބުން އެކްރެޑިޓް ކުރުމަށް ފުރުސަތު ހުޅުވާލާފައެވެ.
ކަޒަކިސްތާނުގެ ރައީސް ގާސިމް-ޖޯމާރޓް ޓޮކަޔޭވްގެ އިސްނެންގެވުމުގެ މަތިން އަދި ކަޒަކިސްތާނުގެ ފުރަތަމަ ރައީސް ނުރުސުލްތާން ނަޒަރްބަޔޭވްގެ ތާއީދާއެކު 2019 ވަނަ އަހަރުން ފެށިގެން މި ކޮންފަރެންސް ބާއްވަމުން ގެންދެއެވެ.
ކުރިއަށް އޮތް ކޮންގްރެސްގެ މައުޟޫއު ގައި ހިމެނެނީ އާލަމީ ވަބާއަށްފަހު އިންސާނުންގެ ރޫހާނީ އަދި އިޖުތިމާއީ ތަރައްގީގައި ދީނީ ލީޑަރުންގެ ދައުރާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ.
މި ކޮންފަރެންސްގައި 60 ޤައުމަކުން 100 އެއްހާ ވަފުދު ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ކަޒަޚިސްތާން ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ،
އޭގެ ތެރޭގައި އިސްލާމް ދީނާއި، ކްރިސްޓިއަނިޓީއާއި، ޔަހޫދީ ދީނާއި، ޝިންޓޯއިޒަމްއާއި، ބުޑިޒަމްއާއި، ޒައޮރޯސްޓްރިޒަމްއާއި، ހިންދޫދީނާއި، އެނޫންވެސް ދީންތަކުގެ މަންދޫބުން ހިމެނެއެވެ.