އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ތަހުގީގުގައި ބޯހަރުކަން ދައްކައިފިއެވެ. ނިއުޔޯކުގައި އޭނާގެ އާއިލާގެ ވިޔަފާރީގެ މުއާމަލާތްތަކާ ބެހޭ ގޮތުން ކުރިއަށް ގެންދާ ތަހުގީގެއްގެ ސުވާލުތަކަށް ޖަވާބު ދެއްވަން އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އެކަން އަމިއްލަފުޅަށް އޭނާ ވަނީ އިއުލާން ކުރައްވާފައެވެ.
ޓްރަމްޕް ނިއުޔޯކްގެ އެޓަރނީ ޖެނެރަލްގެ އޮފީހަށް މިއަދު ތަހުގީގަށް ވަޑައިގެންފައެވެ.
މަސްއޫލު ފަރާތްތަކުން ވިދާޅުވާ ގޮތުގައި ޓްރަމްޕް އޯގަނައިޒޭޝަނުން އޮޅުވާލައިގެން އެ ކުންފުނީގެ މުޑާތައް އަގު ކުރުމުގައި އޮޅުވާލުންތަކެއް އޮޅުވާލައިގެން ޓެކްސްއަށް މަކަރު ހަދައި ލޯނުތައް ނަގާފައި ވެއެވެ.
ޓްރަމްޕު ވަނީ އޭނާއާ ދެކޮޅަށް ހިންގާ ތަހުގީގަކީ ސިޔާސީ ތަހުގީގެއްކަމަށް ވިދާޅުވެ މިއީ އޭނާއަށް ޖާސޫސް ކުރުމުގެ އަމަލެއް ކަމަށް ސިފަ ކުރައްވާފައެވެ.
ޓްރަމްޕް ނެރުއްވި ބަޔާނުގައި ވިދާޅުވީ އެތައް ފައިސާއެއް ހޭދަކޮށްގެން އެތައް ޒަމާނަކަށް ދިގު ލައިގެން ގޮސްފައިވާ ތަހުގީގުން އެއްވެސް ފައިދާއެއް ނުދައްކާ ކަމަށެވެ. އަދި އޭނާ ވިދާލުވީ ގާނޫނީ ގޮތުން އޭނާއަށް ލިބގެންވާ ބާރު ބޭނުންކޮށްގެން އޭނާ ވަނީ ސުއާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދާފައި ކަމަށެވެ.