ސައުތު އެފްރިކާގެ ރައީސް ސިރިލް ރެމްފޯސާ މީގެ ތިން އަހަރު ކުރިން ވިދާޅުވީ ދެކުނު އެފްރިކާގައި އަންހެނުން ރޭޕް ކުރުމަކީ ގައުމީ ފެންވަރުގައި އާންމު ވެފައިވާ ވަބާއެއް ކަމަށެވެ. މިއަދު ދެކުނު އެފްރިކާގައި ހަތްމީހަކަށް ދައުވާ ކޮށްފައި ވަނީ އަށް އަނަހެނުން ރޭޕް ކުރުމުގެ ތުހުމަތުގައެވެ.
ފުލުހުން ބުނެފައި ރަން ނަގަން ކޮނެފައިވާ ދުވަސްވީ ފަޅު ވަޅު ގަނޑެއްގެ ތެރޭގައި މިއުޒކް ވީޑިއޯއެއް ޝޫޓު ކުރަން އުޅުނު އަންހެނުންތަކެއް ރޭޕް ކުރި މީހުންގެ އަދަދު ޑީއެންއޭ ޓެސްޓަށް ފަހު އިތުރު ވާނެ ކަމަށެވެ.
ފުލުހުން ވަނީ މި އަށް އަންހެނުން ރޭޕް ކުރުމުގައި 60އަށް ވުރެން ގިނަ ފިރިހެނުން ބައިވެރިވާ ކަމަށް ތުހުމަތުކޮށް އެމީހުން ހައްޔަރު ކޮށްފައެވެ.
މިމީހުންނަކީ ވަގަށް ރަން ކޮންނަން ދެކުނު އެފްރިކާއަށް ގަވާއިދާ ޚިލާފަށް ވަދެ އުޅޭ ބައެއް ކަމަށްފުލުހުން ބުންޏެވެ.