ތަރުކާރި ބަތް

0

ބޭނުންވާނެ ތަކެތި:

Advertisements

• 2 ޖޯޑު ބަތް
• 200 ގ ކެބެޖް (ކޮށާފައި)
• ކުޑަ ކެރެޓެއް (ގާނާފައި)
• 1 ބޮޑު ފިޔަ (ކޮށާފައި)
• 2 ލޮނުމެދު (ކޮށާފައި)
• 1 ކެޕްސިކަމް (ކޮށާފައި)
• ½ ބެލް ޕެޕަރ (ކޮށާފައި)
• 2 ރޯ މިރުސް (ފަޅިކޮށްލާފައި)
• 1 ގިތެޔޮ މިރުސް (ކޮށާފައި)
• 5 ހިކި މިރުސް (ބުރިކޮށްފައި)
• 1 ހިކަނދިފަތް
• 2 އިންޗި ރާނބާ ފަތް
• 1 ސައިސަމްސާ މޭބިސް ކަދުރު
• ލޮނު (ބޭނުންވަރަށް)
• 2 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް
• 1 ސައިސަމްސާ އޮއިސްޓަރ ސޯސް
• ތެޔޮ ފޮދެއް
• 100 ގ ކުކުޅު މަސް (ކޮށާފައި)
• 3 ބިސް (ފެނުކައްކާފައި ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

Advertisements

• ތޮޔޮ ފޮދު ހޫނުވުމުން، ހިކި މިރުސް ތައް އާޅާލާށެވެ. އަދި މިރުސްތައް މުރަނަ ވުމުން ހިކަނދިފަތް، ލޮނުމެދު، ރާނބާ ފަތް، ފިޔާ ގިތެޔޮ މިރުސް، ރޯ މިރުސް، ބެލް ޕެޕަރ، ކެޕްސިކަމް އަދި ހިކި މޭބިސްކަދުރު އަޅާލާށެވެ.
• ފިޔާގަނޑު ރަތްވުމުން ކުކުޅު ކޮޅާއި ކޮށާފައި ހުރި ބިސްތައް އެޅުމަށްފަހު ލޮނު އަޅާ މަޑު ގިނި މަތީ ކައްކާލާށެވެ.
• ކުކުޅު ރޯ ފިލުމުން ކެބެޖު އާއި ކެރެޓް އަޅާ 5 މިނެޓް ވަންދެން ކައްކާލާށެވެ.
• ސޯޔާ ސޯސް ތައް އަޅާ އެއްކޮށްލާށެވެ.
• 2 މިނެޓް ވަންދެން ކައްކާލުމަށްފަހު ބަތް އެއްކޮށްލާށެވެ.
• 5 މިނެޓް ވަންދެން އުނދުންމަތީ ބަހައްޓާށެވެ.

ބަތާއި އެކު ރޯސްޓް ކުރި ކުކުޅު ނުވަތަ ތެއްލާފައި ހުރި ކުކުޅު ވަރަށް މީރުވާނެއެވެ.

Advertisements