ޔުކްރެއިން އިން ވަނީ ކްރައިމިއާގައި ހުންނަ ރަޝިއާގެ މަރުކަޒެއްގައި މަދުވެގެން ހަތް ހަނގުރާމަމަތީ މަތިންދާ ބޯޓު ގޮއްވާލާފައެވެ. އާ ސެޓެލައިޓް ފޮޓޯތަކުން މި ކަން ކަށަވަރު ކޮށްދެއެވެ. ނަމަވެސް ރަޝިޔާއިން ބުނެފައި ވަނީ އެއްވެސް މަތިންދާ ބޯޓަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އެމެރިކާގެ އާރތް އިމޭޖިންގ ކުންފުންޏެއްކަމަށްވާ ޕްލެނެޓް ލެބްސް ޕީބީސީއިން ބުދަ ދުވަހު އާންމުކުރި ފޮޓޯތަކުންވެސް ވަނީ، މި ކަމުން ލިބިފައިވާ ގެއްލުން މަންޒަރުކޮށްދީފައެވެ.

ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާ ބޯޓުގެ ނުވަ ބޯޓެއް އަންގާރަ ދުވަހު ގޮއްވާލާފައިވާ ކަމަށެވެ. ރަޝިޔާއިން ބުނީ ގޮވުމެއް ގިވު ކަމަށެވެ، ނަމަވެސް އެއީ އެ ބޭސްގައި ހުރި ގިނަ މިސައިލްތަކެއްގައި ރޯވެގެން ގޮވި ގޮވުމެއް ކަމަށެވެ.

ޔޫކްރެއިންގެ ރިޔާސީ މުޝީރު އޮލެކްސީ އެރެސްޓޮވިޗް ވިދާޅުވީ، އެ ގޮވުމަކީ ޔޫކްރެއިންއިން އުފައްދާފައިވާ ދުރު ރާސްތާ މިސައިލެއް ފޮނުވާލުމުން ގޮވި ގޮވުމެއ ްކަމަށެވެ.