ޗައިނާއިން ނުތަނަވަސް ކޮށްލާނެ ފިޔަވަޅެއްގެ ގޮތުން އެމެރިކާއާއި އިންޑިއާ ސިފައިން ގެންދަނީ މި އަހަރުގެ އޮކްޓޯބަރު މަހު ޗައިނާއާއި އިންޑީއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ފަރުބަދަ މަތީގައި އަސްކަރީ ތަމްރީންތައް ބޭއްވުމަށް ތައްޔާރު ވަމުންނެވެ.

"އިންޑިއާއާއި އެމެރިކާ ސިފައިން ކޮންމެ އަހަރަކުވެސް އަސްކަރީ ތަމްރީންތައް ބާއްވައެވެ. މިއަހަރުގެ "ވޯ ޕްރެކްޓިސް" ތަމްރީންތައް ބާއްވަން ނިންމާފައި ވަނީ ފަރުބަދަ މަތީ ސަރަހައްދުގައި އޮކްޓޯބަރު މަހުގެ 18 އިން 31 އަށް އުތުރާކަންދު ސްޓޭޓުގައެވެ.