ސައުދީ ސަރުކާރުން ހޯދަމުން ދިޔަ ކުށްވެރިއަކު ފުލުހުން އަތުލައި ގަންނަން އުޅުމުގެ ތެރޭގައި ޖާނު ގޮއްވާލައިގެން މަރުވެއްޖެއެވެ. ސައުދީ ރައްޔިތެއް ކަމަށްވާ އަބްދުﷲ ބިން ޒައިދު އަބްދުއްރަހުމާން އަލްބަކްރީ އަލްޝެހްރީ ޖާނު ގޮއްވާލައިގެނ މަރުވި އިރު ޕާކިސްތާނުގެ ރައްޔިތަކަށާއި ތިން ސެކިއުރިޓީ އޮފިސަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.

އައްޝެހްރީއަކީ ސައޫދީ ސަރުކާރުން 2016 ވަނަ އަހަރު އިއުލާން ކުރި ވޯންޓެޑް ލިސްޓްގައި އޮތް ނުވަ މީހުންގެ ތެރޭން މީހެކެވެ. މިލިސްޓްގައި ތިބި ނުވަ މ،ީހުންގެ ތެރޭން އެކަކު ހުރީ ޖަލުގައެވެ. ދެން ތިބި މީހުން ވަނީ އެކި ފަހަރުމަތިން ސަލާމަތީ ބާރުތަކާ ކުރިމަތި ލުމުގައި މަރުވެފައެވެ. އަދި އެކަކު އުޅެނީ އަދިވެސް ފިލައިގެންނެވެ.

މިމީހުންނަކީ ބެލެވެ ގޮތުގައި ދާއިޝްއަށް ސަޕޯޓް ކުރާ ޓެރަރިސްޓޫންގެ ބައެކެވެ. 2015 ވަނަ އަހަރު މިމީހުން ވަނީ ފުލުހުންގެ މަރުކަޒެއްގެ މިކސްކިތެއްގައި ގޮއްްވާލަލއި ފުލުހުންގެ ބަޔަކު މަރާލާފައެވެ.

މި ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަރަބި ގައުމުތަކުން ވަނީ ސައޫދީ އަރަބިއްޔާއަށް ހަމްދަރްދީ ފާޅުކޮށްފައެވެ.

އަލްޝެހްރީ ފެނިފައިވަނީ ޖިއްދާގެ އަލްސަމީރު އަވަށުން ރޭގަނޑުގެ ވަގުތެއްގައވެ.

އޭނާ ހައްޔަރު ކުރަން އޮފިސަރުން މަސައްކަތް ކުރުމުން އޭނާ އަޅައިގެން ހުރި ގޮވާ ބެލްޓު ގޮއްވާލައިގެން މަރުވީއެވެ.

ސައުދީ ސަރުކާރުން ބުނެފައި ވަނީ އަމާންކަން ނަގާލުމަށް މަސައްކަތް ކުރާ ކޮންމެ މީހަކާ ގާނޫނު އަރައި ހަމަކުރާނެ ކަމަށެވެ.