ލިޔުންތެރިޔާ ސަލްމާން ރުޝްދީ އަދި މަރެއް ނުވެއެވެ. ނަމަވެސް އޭނާ އޮތީ ވެންޓިލޭޓަރުގައެވެ. ވާހަކައެއް ނުދެއްކެއެވެ. އަދި އުމުރުން 75 އަހަރުގެ މިމީހާގެ އެއް ލޮލުގެ ފެނުން ގެއްލޭނެކަމަށްވެސް ބެލެވެއެވެ. އޭނާގެ ފުރަ މެއަށްވެސް ގެއްލުން ލިބިފައިވާ ކަމަށް އޭނާގެ އެޖެންޓު ނިއުޔޯކު ޓައިމްސްއަށް އީމެއިލަކުން އަންގާފައި ވެއެވެ.
އުމުރުން 24 އަހަރުގެ ނިއުޖަރޒީގެ ހާދީ މަޠަރު އޭނާއަށް ނިއުޔޯކުގައި ވަޅިން ހަމަލަ ދީފައިވަނީ ސަލާމާއި ސަލަވާތްލެއްވި ރަސޫލާއާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ފުރައްސާރަކޮށް މަލާމާތް ކުރުމާ ގުޅިގެން އީރާނުން އޭނާ މަރާލާ މީހަކަށް ތިން މިލިއަން ޑޮލަރުގެ އިނާމެއް ދޭން އިއުލާން ކޮށްފައިވާތާ 30 އެތައް އަހަރެއް ފަހުންނެވެ. ހާދީ މަޠަރަކީ ޚުމައިނީއަށް ސަޕޯޓް ކުރާ މީހެކެވެ.