ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020 ގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން އަންނަ މަހުގެ 6 ގެ ކުރިން އިއުލާން ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ފައިނަލް ބުރަށް ހޮވޭ ކުދިންގެ ލިސްޓު 6 ޑިސެމްބަރު ވާ އާދިއްތަ ދުވަހުގެ ކުރިން ކީރިތި ގުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް މުބާރާތުގެ ޕޯޓަލް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް މެދުވެރިކޮށް އިއުލާން ކުރެވޭނެ ކަމަށެވެ.

"ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.