ހއ. އުލިގަމު ފެރީ ސްޓޮޕްގައި ޤާއިމުކުރެވޭ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެ ކަމަށް އެމްޓީސީން ބުނެފިއެވެ. މިއީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި ޤާއިމުކުރެވޭ ފެރީ ސްޓޮޕެކެވެ. އުލިގަމު ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއަކާއި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާޚާނާ ހުންނާނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ފެރީގެ ނިޒާމެއް ގާއިމްކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރައްވަނީ އަންނަ އަހަރު ހއ. ފެށިގެން އައްޑުއާ ދެމެދުގައި ފެރީގެ ރަނގަޅު ނިޒާމެއް ގާއިމް ކުރުމަށެވެ. މިއީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދެއް ވެސް މެއެވެ.

ފެރީގެ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޮޑު ލުޔެއް ލިބިގެންދާނޭޭ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.