ޕާކިސްތާންގެ މިނިވަން ދުވަހުގެ ކުރިން ކަރާޗީގެ އެކި ސަރަހައްދުތަކުގައި ފަޒާއަށް ބަޑި ޖަހަމުން އިޙުތިފާލް ކުރުމުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 57 މީހެއްގެ ގަޔަށް ވަޒަން އަރާފައިވާަ ކަަމަށް ފުލުހުން ބުނެއެވެ.

"ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ކަރާޗީގެ ސަރުކާރު ބޮޑު ތިން ހޮސްޕިޓަލަކަށް ވަޒަން އަރައިގެން އަނިޔާވި 57 މީހަކު ގެނައި ކަމުގެ ރިޕޯތް ލިބުނު،" ފުލުހުންގެ ސާޖަން ޑރ ސުއްމާޔާ ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެނައު މީހުންނަކީ އުމުރުން 15 އަހަރާއި 50 އަހަރާ ދެމެދުގެ ތިން އަންހެނުން ހިމެނޭ އާއިލާއަކާއި އުމުރުން 60 އަހަރުގެ ބައެއް ކަމަށެވެ.

އަދި ބައެއް މީހުން ހާލު ސީރިއަސް ކަމަށާއި ދިގު މުއްދަތަކަށް ފަރުވާ ދޭން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ޑރ ސައިދު ވިދާޅުވީ ވައިގެ ތެރެއަށް ބަޑި ޖަހައިގެން ޒަކަމްވެފައިވާ 24 މީހަކުވެސް ޖިނާހު ޕޯސްޓް ގްރެޖުއޭޓް މެޑިކަލް ސެންޓަރަށް ގެނައި ކަމަށެވެ. މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުންނެވެ.