ޕާކިސްތާންގެ މިނިވަންކަމަށް 75 އަހަރު ފުރުން އާދީއްތަ ދުވަހު ފާހަގަކުރުމުގެ ގޮތުން އެކި ސިޓީތަކުގައި ރަސްމިއްޔާތުތަކެއް ބާއްވައިފައި ވެއެވެ.

ޤާއިދޭ ޢައުޒަމް މުޙައްމަދު ޢަލީ ޖިނާހުގެ މަގްބަރާއަށް ރައްޔިތުންނާއި ސަރުކާރުގެ ޢިއްޒަތްތެރިން ހާޒިރުވެ ޕާކިސްތާންގެ ބާނީއަށް އިޙްތިރާމް އަދާކުރިއެވެ.

މީގެއިތުރުން، އާދަކާދައާ އެއްގޮތަށް އިންޑިއާއާއި ޕާކސްތާންގެ ބޯޑަރު ބަލަހައްޓާ ގާޑުން ފޮނި ކާނާ ބަދަލު ކުރުން އޮތެވެ.

ޑައިމަންޑް ޖުބިލީ ފާހަގަ ކުރުމަށް އެކި ސިޓީތަކުގައި ފެހި ކުލައާއި ހުދު ކުލައިން ޒީނަތްތެރިވެގެން މީހުން ހިނގާލުމުގައި ބައިވެރިވެ، އެކި ލަވަކިޔުމުގެ ހަރަކާތްތަކުގައި ކުޑަކުދިންނަށް ގައުމީ ލޯބީގެ ލަވަތަކާއި ގައުމީ ލަވަތައް ކިޔައިދިނެވެ.