ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓުތަކަށް ކަރަންޓް ދިނުމަށް ޔޫކްރޭނުން އުފައްދާ އިންޖީނުތަކަށް ދެން ބަރޯސާ ނުވާނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާގެ ޔުނައިޓެޑް ޝިޕްބިލްޑިން ކޯޕަރޭޝަން (ޔޫއެސްސީ)ގެ ވެރިޔާ ވިދާޅުވީ އިންޑިއާގެ އަމިއްލަ އުފެއްދުމަސް އިސްކަންދޭ މަސައްކަތުގައި ރަޝިޔާއިން އިންވެސްޓް ކުރަން ތައްޔާރަށް ތިބި ކަމަށެވެ.
ޔޫއެސްސީން މިފަދައިން އިއުލާން ކުރީ މޮސްކޯގައި ކުރިއަށްދާ ރަޝިޔާގެ 2022ގެ ދިފާއީ މައުރަޒުގައި ވާހަކަ ދައްކަވަމުން ޔޫއެސްސީގެ ރައީސް އެލެކްސީ ރަހްމާނޯވް އެވެ.
މިއީ ރަޝިޔާގެ އާގު ބޯޓު އުފެއްދުމުގެ ސިނާއަތާ ހަވާލުވެ ހުންނެވި ރަޝިޔާގެ އެންމެ އިސް އޮފިޝަލެވެ. އޭނާގެ ވާހަކައިގައި އިޝާރާތް ކުރެއްވީ ރަޝިޔާގެ އެހީގައި އިންޑިއާއިން ބިނާ ކުރަމުންދާ ހަތަރު ސްޓެލްތު ފްރިގޭޓަށް ކަރަންޓް ދިނުމާ ބެހެ ގޮތުންނެވެ. ކުރިން ނިންމާފައިވާ ގޮތުން މި މަނަވަރުތަކަށް ކަރަންޓް ދޭން ހަމަޖެހިފައި އޮތީ ޔޫކްރޭނުން ބިނާ ކުރާ ގޭސް ޓަރބައިން އިންޖީނުތަކުންނެވެ.
މި ބޯޓުތަކުގެ އަގަކީ 2.5 ބިލިއަން ޑޮލަރެވެ.
ރަޝިޔާގެ ޝިޕްޔާޑުން އިންޑިއާގެ ނޭވީއަށް ހަދަމުންދާ މި މަނަވަރުތަކަކީ އެޑްމިރަލް ގްރިގޮރޮވިޗް ކްލާހުގެ ގައިޑްޑް މިސައިލް ސްޓެލްތު ފްރިގޭޓްތަކެކެވެ.
މި ދެ މަނަވަރުގެ އިތުރުން ރަޝިޔާގެ އެހީގައި އިތުރު ދެ މަނަވަރެއްވެސް ގޯއާ ޝިޕްޔާޑުގައި ހަދަން ވަނީ ނިންމައިފަ އެވެ.
ދާދިފަހުން ރަޝިޔާއިން ޔޫކްރޭނަށް ދިން މިސައިލް ހަމަލާތައް އަމާޒުކޮށްފައި ވަނީ މި ގޭސް ޓަރބައިން އިންޖީނުތައް އުފައްދާ ފެސިލިޓީއަށެވެ.