ތާލިބާނުންގެ ވެރިކަމަށް ފަހު އިންޑިއާއިން ވަނީ ތަޖުރިބާކާރު ތިން ޑިޕްލޮމޭޓުން ކާބުލްގައި ހުންނަ އެމްބަސީއަށް ފޮނުވާފައެވެ. އަދި އިތުރު އެހެން ޑިޕްލޮމޭޓުން ދާންވެސް ދަނީ ތައްޔާރު ވަމުންނެވެ.
ތާލިބާނުންގެ ވެރިކަމަށް އަހަރު ފާހަގަ ކުރިއިރު އިންޑިއާއިން ވަނީ މިނިވަންކަމަށް 75 އަހަރު ފާހަގަ ކޮށްފައެވެ.
އަފްޣާން ތާލިބާން ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އިންޑިއާއިން އެމްބަސީއަށް ޑިޕްލޮމޭޓުންފޮނުވި ފޮނުވުމަށް މަރުޙަބާ ކިޔާ ކަމަށެވެ.
ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ އިތުރުން ޑިޕްލޮމެޓުންގެ ހައްގުތަކާއި އިމްތިޔާޒަށް ވަރަށް ބޮޑަށް ސަމާލުކަންދީ، އިންޑިއާގެ ޑިޕްލޮމޭޓުންގެ މަސައްކަތުގައި ރަނގަޅަށް އެއްބާރުލުން ދޭނެކަމަށް ތާލިބާނުން ވަނީ ޔަގީންކަން ދީފައެވެ.
އިންޑިއާއިން ވަނީ މިދިޔަ އަހަރުތަކުގައި ރައްޔިތުންނަށް ފައިދާ ހުރި މަޝްރޫއުތަކެއް އަފްޣާނސްތާންގައި ހިންގާފައެވެ. އަދި މީހުން ބިނާ ކުރުމުގެ ގޮތުން އިންވެސްޓް ކޮށްފައެވެ.
އިންޑިއާއިން ވަނީ އަފްޣާން އެތައް ސަތޭކަ ހާސް ޒުވާނުންނަށް ސްކޮލަޝިޕް ދީފައެވެ. ވޯލްޑް ފުޑް ޕްރޮގްރާމް މެދުވެރިކޮށް ކާނާ ފޯރުވައި ދީފައެވެ.
ކޮންޖެނިޓަލް ޖެހިފައިވާ 450-500 އަށް އަލަށް އުފަންވާ ކުދިންގެ ބޭސްފަރުވާއަށް ފައިސާ ދައްކާފައެވެ. އަފްޣާނިސްތާންގައި އާންމު ހިތުގެ ބަލިތައް ކޮންމެ އަހަރަކު ޑޮކްޓަރުން ފޮނުވައިގެން ފަރުވާ ދީފައެވެ.
މުހައްލިލުން ބުނާ ގޮތުގައި އިންޑިއާގެ ޑިޕްލޮމެސީ ވަނީ ތާލިބާނުންގެ ހިތް ދަމައިގަނެ ކާމިޔާބު ކޮށްފައެވެ.