ސްރީލަންކާގެ ރައީސް ގޯތާ ރާޖަޕަކްސަ އަންނަ ހަފްތާގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެއެވެ. ގޯތާބެ މިހާރު ހުންނެވީ ތައިލެންޑްގައެވެ. އޭނާ ތައިލެންޑަށް ވަޑައި ގަތީ މިދިޔަ ހަފްތާގައެވެ. އޭނާއަށް އެގައުމުގައި ތިން މަސް ވަންދެން ހުންނެވޭނެއެވެ.

އޭނާ ތައިލެންޑަށް ވަޑައި ގަތީ ރާއްޖޭގައި މަޑު ކުރެއްވުމަށްފަހު ސައޫދީން ހަމަޖައްސައި ދިން ދަތުރެއްގައި ސިންގަޕޫރުގައި މަޑުކުރައްވައި ވިސާގެ މުއްދަތު ހަމަވެގެންނެވެ.