ސަރުކާރުން މާލޭގައި ފަށަން މަސައްކަތް ކުރަމުން އަންނަ މިނީ ބަހުގެ ޚިދުމަތް ފެށުމަށް އިއްޔެ ފުރަތަމަ ޓެސްޓު ބުރު ބާއްވައިފި އެވެ. މިއީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ނިޒާމުގެ ދަށުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި ޚިދުމަތް ފެށުމަށް ސަރުކާރުން ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި ޚިދުމަތް ފެށުމަށް އެމްޓީސީސީގެ އިތުރުން މާލެ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ މިކަމަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. އެމްޓީސީން އިއްޔެ މި ޓެސްޓްބުރު ބާއްވާފައިވަނީ މާލޭ ސިޓީކައުންސިލާއި ޓްރާންސްޕޯޓާ ގުޅިގެންނެވެ.

މިއީ މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރީން ފެންވަރު ވަޒަންކުރުމަށް ބޭއްވި ބުރެކެވެ. ޓެސްޓް ބުރަށްފަހު ހުރި ދަތިތަކާއި ކަސްމަރުންގެ ފީޑު ބެކްލިބި އެމީހުންގެ ތަޖުރިބާވެސް އެނގިގެންދާނެއެވެ. މިނާ ބަހުގެ ޚިދުމަތް ފެށުމަށްޓަކައި މިހާރުވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ޕާކު ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައެވެ. މަޖީދީމަގުގެ އިތުރުން ޕާކުކުރުން މަނާކުރަން ހަމަޖެހިފައިވާ މަގުތަކަކީ އަމީނީ މަގު، އޯކިޑު މަގާއި ފަރީދީ މަގެވެ.