ދިވެހި ފުލުހުންގެ ކާރެއް ރޭ ދަންވަރުގެ ވަގުތެއްގައި ފުރޮޅާލައިފިއެވެ. މިހާދިސާގައި އޭގައި ތިބި ތިން މީހަކަށް އަނިޔާވެފައިވެއެވެ. އެހެން ނަމަވެސް އެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވެއެވެ. ހާދިސާއަށްފަހު އެމީހުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލައިފައެވެ.

މިހާދިސާ ހިނގާފައިވަނީ ބުރިޖާއި ހުޅުމާލެ ގުޅިފައި އޮންނަ ހަލިމަގުގައެވެ. ފުލުހުން ވިދާޅުވެފައިވަނީ މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު ތިނެއްކަހަން ކައިވެފައި ވަނިކޮށް ކަމަށެވެ.

މީހުންނަށް މާބޮޑު އަނިޔާއެއް ނުވިޔަސް ވެހިކަލަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާތަން ފޮޓޯ ތަކުން ފެނެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ފުލުހުން ގެންދަވަނީ އެކަން ތަހުގީގު ކުރައްވަމުންނެވެ.

މިސަރަހައްދުގައި އެތައް އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އަދި އެކްސިޑެންޓް ތަކުގައި ބައެއް މީހުން މަރުވެފައިވެސް އެބަހުއްޓެވެ.