ޕާކސްތާން ތަހުރީކޭ އިންސާފުގެ ވެރިޔާ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ބުރާސްފަތި ދުވަހާ ހަމައަށް ހައްޔަރު ނުކުރުމަށް ކަފާލާތުގެ ދަށުން އިސްލާމްއާބާދުގެ ހައކޯޓުން ހުއްދަ ދީފައި ވެއެވެ.

އިމްރާން ޚާން ވަނީ އިސްލާމްއާބާދުގައި އޮތް އާންމު ޖަލްސާއެއްގައި އަންހެން ފަނޑިޔާރަކާއި ފުލުހުންގެ އިސް އޮފިސަރުންނަށް އިންޒާރު ދެއްވި ކަމުގެ ތުހުމަތުގައި އޭނާއާ ދެކޮޅަށް ޓެރަރިޒަމްގެ ތަހުގީގެއް ފަށާފައެވެ.

އިމްރާން ޚާން ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކާއެކު މިއަދު އޭނާގެ ޕާޓީގެ ލީޑަރުން ވަނީ އިރްމާން ޚާން ހައްޔަރުކޮށްގެން ނުވާނެ ކަމަށާއި އެއީ ރަތް ރޮނގެއް ކަމަށް ބުނެފައެވެ.

އިސްލާމްއާބާދު ހައިކޯޓުން ވަނީ ކޯޓުގއެ ޙުރުމަތް ކަނޑާލި ކަމުގެ ދައުވާ އިމްރާނާ ދެކޮޅަށް ފެށުމަށް ނިންމައި އެކަން އިއުލާން ކޮށްފައެވެ.

ޕާކިސްތާންގެ ޓުއިޓާގައި އިމްރާން ޚާނަކީ ރަތް ރޮނގެއްކަމަށް ބުނެ ކޮށްފައިވާ ޓުއީޓްތައް މެންދުރާ ހަމައަށް 140 ހާހަށް އަރާފައި ވެއެވެ.