މާލޭގެއަކަށް ވައްކަންކުރަން ވަދެގެން އުޅުނު މީހެއްގެ ބޮލުގައި ކޯރާޑީއަކުން ޖަހައި ބޯފަޅާލައިފިއެވެ.

މިހާދިސާގައި އަނިޔާ ލިބިފައިވަނީ ބިދޭސީއަކަށެވެ. މި ހާދިސާގައި އެމީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅާލައިފައެވެ. ހާދިސާ ހިނގާފައިވަނީ މާފަންނު ސްޓީލް ހާޑްވެއާ އިމާރާތުގައެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 11:55 ގައި ކަމަށެވެ. އަނިޔާވި މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ވިދޅުވެފައިވެއެވެ. އެ މައްސަލައ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ބަންދު ކޮށްފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިދުވަސްވަރަކީ މާލޭގައި މިފަދަ ހާދިސާތައް އަނެއްކާ ވެސް އިތުރުވަމުންދާ ދުވަސް ވަރެކެވެ.