އައްޑޫސިޓީގައި ކްރޫޒް ޝިޕް ޓާމިނަލްއެއް ޤާއިމް ކުރުމުގެ މަސައްކަތަށްހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން ސިޓީ ކައުންސިލުން ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވަނީ އައްޑޫ ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރުމަށް ހުރި ގޮންޖެހުންތަކާއި ހެރެތެރެއާއި ޝަންގްރިއްލާގެ މައްސަލަ އާއި ގުޅިގެން ކައުންސިލްގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައެވެ.

މިއީ އައްޑޫސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ފުރިހަމަކޮށް ހިދުމަތް ދިނުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރުމަށް ކުރައްވާ ދަތުރުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ބޭއްވި ބައްދަލުވުމެކެވެ.

އައްޑޫއަކީ ސަރުކާރުން ތަރައްގީގެ އެންމެގިނަ މަޝްރޫއު ހިންގަމުންދާ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ސިޓީއެއް ކަމަށް އެ ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ. އައްޑޫގައި މިވަގުތު ހިންގާ އެންމެބޮޑު އެއް މަޝްރޫއަކީ މަގު ހެދުމުގެ މަޝްރޫއެވެ.