ބަންދދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދުމަށް ފުލުހުން އިޢުލާނު ކޮށްފިއެވެ.

ފުލުހުން ހޯދަމުންދަނީ، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށް މިއަދު ފުލުހުންގެ އިދާރާއިން މައުލޫމާތުދިނެވެ.

ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ހޯދަމުން ދަނީ ލ. މާބައިދޫ/މުރިނގު، މުޙަމަދު ޒުހައިރު (40) އަހަރެވެ.

މުޙައްމަދު ޒުހައިރު ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ވައްކަން ކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުނުންވެ އެހެނަސް ހާޒިރުވެފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2022 އޮގަސްޓް 28 ވަނަ ދުވަހުގެ 10:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ވީމާ ފޮޓީއިން އެ ފެންނަ މުޙައްމަދު ޒުހައިރާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ޢާމުންގެ ފަރާތުން ފުލުހުން އެދެއެވެ.