ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް އެމަސައްކަތްކުރާ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ އެ މަސައްކަތުގެ 93 ޕަސެންޓް މިހާރު ވަނީ ނިމިފައި ކަމަށެވެ. މީގެ އިތުރުން ބަނދަރުގެ ޕޭވްމަންޓް މަސައްކަތުގެ 78 އިންސައްތަ، އަދި ބޭރު ތޮށި ލުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަ ކުރެވިފައިވަ ކަމަށް އެމްޓީސީސީން ވިދާޅުވެފައިވެއެވެ.

ހަނިމާދޫގައި މިހާރު ތަރައްގީ ކުރަމުންދަނީ 1100 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރެކެވެ. މީގެކުރިން އެރަށުގައި އޮތީ 500 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ.

މި މަޝްރޫއަށް ޚަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. އެގޮތުން މިމަޝްރޫއަށް ދައުލަތުން 64.68 މިލިއަން ރުފިޔާ ޚަރަދުކުރާގޮތަށް ވަނ ހަމަޖެހިފައެވެ.