މުލަކަތޮޅު މުލީގައި އަޅަމުންދާ އެއާޕޯޓް ތަރަށްޤީކޮށް އަންނަ އަހަރު މެދުތެރޭގައި ޚިދުމަތް ދެވޭނެކަމަށް އެމްޓީސީސީގެ ސީއީއީ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މ. އަތޮޅު ވޭވަށުގެ ބަނދަރު ހުޅުވުމަށް މިއަދު ބޭއްވިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓިސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީއަ ންނަ އަހަރު މެދުތެރޭގައި މުލަކަތޮޅު ރައްޔިތުން އިންތިޒާރުކުރާ، މުލީ އެއާޕޯޓް ތަރަށްޤިކޮށް ނިންމާ، ޚިދުމަތް ދެވޭވަރު ވާނެކަމަށެވެ.

އާޒިމްގެ ވާހަކަފުޅުގައި ރައީސް ސޯލިހުގެ ސަރުކާރުން 9 ބިލިޔަން ރުފިޔާގެ ތައްޤީގެ މަސްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިއީ އެންމެ ގިނަ ތަރައްޤީގެ މަސްރޫޢު ހިންގާ ދައުރު ކަމުގައި ވިދާޅުވިއެވެ. ރަޢިސް ޞާލިހުގެ ޒަޢާމަތަކީ ތަރައްޤީގެ ޢީދުގެ ޒަޢާމަތެއްކަމަށް ސިފަކުރައްވަމުން ޢާޒިމް ވިދާޅުވީ އެ ތަރަށްޤީގެ ފަސޭހަކަން އެތައް ރައްޔިތަކަށް ލިބެމުން އަންނަ ކަމަށެވެ.

މުލަކަތޮޅަކީ ރާއްޖޭގައި މިވަގުތު އެއާޕޯޓެއްނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅުވެ. މިއަތޮޅުގެ ރައްޔިތުން އެއާޕޯޓަކަށް އިްނތިޒާރުކުރާތައް އެތައް އަހަރުތަކެއް ވެއްޖެއެވެ.

މުލީގައި އެއާޕޯޓު ތައްޔާރުކުރިމަށް ހަމަޖެހިފައިވަނީ އެރަށުގެ އިރު ދެކުނުފަރާތުން ހިއްކާފައިވާ 40 ހެކްޓަރުގެ ބިމުގައެވެ. މިއީ 2018 ވަނަ އަހަރު ހިއްކި ބިމެކެވެ. ނަމަވެސް އެއާޕޯޓު ތަރަށްޤީކުރުމަށް އިތުރަށް ބިން ބޭނުންވާތީ، އިތުރު 4 ހެކްޓަރ ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީއިން ވިދާޅުވެފައިވަނީ އެކުންފުނީގެ އަމާޒަކީ މުލީ އެއާ÷ޓްގެ އަމަލީ މަސައްކަތް ފަށާތާ، އަހަރުދުވަހުގެ ތެރޭމަސައްކަތް އެއްކޮށް ނިންމާ ސަރުކާރާ ހަވާލުކުރުން ކަމަށެވެ.

މުލީ އެއާޕޯޓު ހުޅުވޭނެ ކަމަށް ކުރިން ލަފާ ކޮށްފައިވަނީ މިއަހަރު ފަހުކޮޅުގައެވެ. ޅ. މަޑިވަރު އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި މުލީ އެއާޕޯޓް މިއަހަރުތެރޭގައި ހުޅުވޭނެ ކަމަށެވެ.