އަޔަކްސްއަށް ކުޅެމުންދިޔަ ބްރެޒިލްގެ ހުނަރުވެރި ވިންގަރ އެންޓޮނީ ގަތުމުގައި އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ކްލަބު މެންޗެސްޓަރ ޔުނައިޓެޑުން މިރޭ ކާމިޔާބު ހޯދައިފިއެވެ.

އަޔަކްސްއިން އެންޓޮނީ ވިއްކާލުމަށް އެއްބަސްވީ 84.2 މިލިޔަން ޕައުންޑަށެވެ. އަޔަކްސްއިން އެންޓޮނީ ވިއްކާލުމަށް އެއްބަސްވީ ހުކުރު ދުވަހު ޔުނައިޓެޑުން ހުށަހެޅި 76 މިލިޔަން ޕައުންޑަށް ނޫނެކޭ ބުނުމަށްފަހުއެވެ. އެންޓޮނީގެ ޓްރާންސްފާ ފީގެ ގޮތުގައި ލިބޭފައިސާގެ ތެރެއިން 4.2 މިލިޔަން ޕައުންޑް ލިބޭނީ އެންޓޮނީ ބްރެޒިލްގައި ކުޅުނު ކްލަބު ސައުޕައުލޯއަށެވެ.

ޔުނައިޓެޑުން އެންޓޮނީގެ ސޮއި ހޯދުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އަޔަކްސްގައި އެންޓޮނީއަށް އިރުޝާދުދިން އަދި މިހާރު ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ ހޮލެންޑް ކޯޗް ޓެންހާގެވެ. ޓެންހާގް ވަނީ އަޔަކްސްގެ އާޖެންޓީނާގެ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒްވެސް ޔުނައިޓެޑަށް ގެނެސްފައެވެ.