މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އޮބްޒާވަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް https://www.gov.mv/dv/publications/media-council-inthihaabgai-observarunge-gothugai-registreevumah-hulhuvaalun އިން ޑައުންލޯޑް ކުރެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ފޯމު ބަލައިގަތުމުގެ ފަހު ތާރީޙަކީ 2020 ނޮވެމްބަރު 30ވަނަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒް ވެލާނާގޭ 02 ވަނަ ފަންގިފިލާ އިންނެވެ. އޮބްޒަރވަރުންގެ ގޮތުގައި ޙަރަކާތްތެރިވެވޭނީ ކޮންމެ ކެންޑިޑޭޓެއް ނުވަތައިދާރާއެއް ނުވަތަ ޖަމްޢިއްޔާ ، ޖަމާޢަތެއް ތަމްސީލުކުރާ 1 ފަރާތަކަށެވެ.

އެމްއެމްސީ އިންތިޚާބުގައި ވޯޓްލެވޭނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގައި ރަޖިސްޓްްރީކޮށްފައިވާ ރޭޑިއޯ ޓީވީ ޗެނަލްތަކަށެވެ. އިންތިޚާބުގެ ވޯޓުލެވޭ ވަގުތީ ލިސްޓުވެސް ހޯމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. މިލިސްޓުގައިވާގޮތުން 200 މިޑިއާަކުން ވަނީ ވޯޓްލުމަށް ރަޖިސްޓްރީކޮށްފައެވެ.

މީޑިއާ ކައުންސިލްގެ އަންނަ ދައުރަށް 29 ކެނޑިޑޭޓަކު ވާދަކުރެއެވެ. އޭގެތެރޭގައި ހިމެނޭނީ މީޑިއާތަކުގެ 7 ގޮނޑިއަށް ވާދަކުރާ 15 ކެނޑިޑޭޓުންނާއި އާއްމުންގެ ތެރެއިން ކައުންސިލަށް ހޮވާ 6 ގޮނޑިއަކަށް ވާދަކުރާ 14 ކެނޑިޑޭޓޫންނެވެ.

މީޑިއާތަކުން ވާދަކުރާ ކެނޑިޑޭޓުން

1- އަލީ ހުސައިން، ލައިފް ބޯއި / ގދ. ތިނަދޫ - ޕީއެސްއެމް

2- މުއިއްޒު އިބްރާހީމް، ދޫޑިގަން، އުނަކެޑެގެ / ޏ.ފުވައްމުލައް - މިހަރު އޮންލައިން

3- އާދަމް ނަވާޒު، ތުނޑި ޗާނދަނީވިލާ، / ލ. ގަން - ވަގުތު އޮންލައިން

4- ހަސަން ޝާކިރު މުހައްމަދު، ހ. ހުދުފިނިމެމްމާގެ - މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަން

5- އާދަމް ނަޒީރު، ކިނާރާ / ރ. އަލިފުށި - ހަތާވީސް އޮންލައިން

6- އައިޝަތު ހަމްޒާ، ބުސްތާނުގެ / ރ. ކަނދޮޅުދޫ - އައުޓްރީޗް އެމްވީ

7- ޝަހުބާން ފަހުމީ، ފިނިވާގެ / ކ. މާލެ - ސަންގު

8- މުހައްމަދު ސިމާއު / ވ. ސިނަމާލެ 4 (3-60)/ވިލިމާލެ - ވަން އޮންލައިން

9- ސައިފް އަޒްހަރު، ގަނދަކޯޅިމާގެ / ސ. މަރަދޫ - ވީޓީވީ

10- ފަތުމަތު ސައީދު، ފެހިވިނަ / ރ. މަޑުއްވަރީ - ސަން މީޑިއާ ގްރޫޕް

11- ފާތިމަތު ސާޔާ އަހްމަދު، / މ. ހަސްމަތީ - ޗެނަލް ނިއުސް މޯލްޑިވްސް

12- މަރިޔަމް ނިމާ ހަސަން / ދެބުދާރުގެ - ދަ ޕްރެސް

13- ތަހާރަތު މުހައްމަދު ވަހީދު، ދީނާރު / ގދ. މަޑަވެލި - ހަމަނިއުސް

14- ހުސައިން ސަގީފް، ހިސާން / ހދ. ވައިކަރުދޫ - ތިލަދުން

15- މަރިޔަމް ޝަނީޒާ، ސިލްވަރ ބީޗް / ނ. މަނަދޫ - ބޯޅަ އެމްވީ

އާއްމުންގެ ތެރެއިން ވާދަކުރާ ކެނޑިޑޭޓުން

1- މުޙައްމަދު ޝާފިއު، ޝަރުތު / ބ. ތުޅާދޫ

2- އަންވަރު އިބްރާހިމް، މަންޒިލް / ބ. ތުޅާދޫ

3- އިބްރާހިމް ފައުޒީ، ބާޑްވިލާ / ބ. ތުޅާދޫ

4- އަހްމަދު ރިފާއު، ޝަރުތު / ބ. ތުޅާދޫ

5- ޝަފާއަތު ހަބީބް، ފޭދޫ / ގދ. ހޯޑެއްދޫ

6- މުހައްމަދު ޝަފާއު ހަސަން / މ. ރިވެލިގެ/ މާލެ

7- އަހްމަދު ވަހީދު އަލީ، ވެހި / ހއ. ކެލާ

8- އަހްމަދު މުހައްމަދު / ދަފްތަރު ނަންބަރު 61509-

9-އުމަރު މޫސާ ފިކުރީ / ގ. ނިލަންދޫ

10- ސައުދޫން އަބޫބަކުރު / ގ. ދިލްފިޒާގެ

11- އަބްދުލް ވަލިއްޔު އަލީ، ބިންގާ / އދ.މާމިގިލި

12- ފާތިމަތު އަހްމަދު، ޝަހީމީ މަންޒިލް / ގއ. ވިލިނގިލި

13- އަހްމަދު މޫސާ، / ހ. އަމްސާވިލާ

14- އަލީ ރަޝީދު އިބްރާހިމް، ކުންނާރުގަސްދޮށުގެ / ދ. ކުޑަހުވަދޫ

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.