އދ. ފެންފުށީގައި ގެއްލިގެން ހޯދަމުން ދިޔަ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ފެންފުށީގައި ކުޑަކުއްޖަކު ގެއްލިގެން އުޅޭ ކަމަށް މިއަދުގެ 15:20 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ހަތަރު އަހަރުގެ ކުއްޖެއް ފިރިހެން ކުއްޖެއް ކަމަށާއި އެ ކުއްޖާ ފެނުނީ މޫދުން ކަމަށް ފުލުހުން ބުންޏެވެ.

އަދި ފެންފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެކުއްޖާ އޮތީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ފުލުހުން އަންނަނީ ބަލަމުންނެވެ.