ބްރެޒިލްގެ ގައުމީ ޓީމުގެ ޕްލޭމޭކަރ ލޫކަސް ޕަކުއެޓާ ފަންސާސް މިލިޔަން ޕައުންޑުގެ ޓްރާންސްފާ ފީ އަކަށް އިނގިރޭސި ވިލާތުގެ ވެސްޓްހޭމް ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

ފްރާންސްގެ ލިއޯންއަށް ކުޅެމުންދިޔަ ޕަކުއެޓާ، ވެސްޓްހޭމަށް ބަދަލުވީ 5 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޕަކުއެޓާގެ ސޮއި ވެސްޓްހޭމުން ހޯދާފައި މިވަނީ އާސެނަލްއިންވެސް އޭނާ ބޭނުންވާކަން ޝައުގުވެރިކަން ފާޅު ކޮށްފައި ވަނިކޮށެވެ.

ޕަކުއެޓާ،25، ލިއޯނަށް ކުޅެދިން ދެސީޒަނުގައި އެކްލަބަށް 67 މެޗް ކުޅެދީ 18 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ބްރެޒިލް ގައުމީ ޓީމަށް 33 މެޗް ކުޅެދީ 7 ވަނީ ކާމިޔާބު ކޮށްފައެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގާއި ޔުރޮޕާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ވެސްޓްހޭމުން މިސީޒަނުގައި މިހާތަނަށް ކުޅުނު 4 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއް ތިން މެޗުންވީ ބައްޔެވެ. ތިން ޕޮއިންޓާއެކު ވެސްޓްހޭމް އޮތީ ތާވަލުގެ 16 ވަނައިގައެވެ. ލީގުގައި މާދަމާ ރޭ 23:45 ގައި ވެސްޓްހޭމް އާއި ޓޮޓެންހަމް ބައްދަލު ކުރާނެއެވެ.