ބޯކޮށް ވާރޭވެހުމާއެކު ގުގުރާނޭ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެފައިވަނީ މި އެލާޓް ހަވީރު 6:00 އާ ހަމައަށް ދެމި އޮންނާނޭ ކަމަށެވެ.

މިވަގުތު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެއެވެ. އަދި ކަނޑުތައްވެސް ގަދަވާނޭ ކަމަށް ވިދާޅުވެފައިވެއެވެ. މިދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރާ ދުވަސްވަރެއް ކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި އެންމެހާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދެއްވައިފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން އޮގަސްޓް މަސް ފަހަގަ ކުރައްވާފައިވަނީީ ވާރޭވެހޭނޭ މަހެއްގެ ގޮތުގައެވެ.