ތައިލެންޑުގެ ބެންކޮކުން މުދާ ފޮނުވުމުގައި ކަސްޓަމަރުން އަތުން ނަގާ އަގު ތައިލެންޑުގެ ޖަމްބޯ ފޯވާޑީން ކޯ ލިމިޓެޑުން ހެޔޮކޮށްފިއެވެ.

އެ ކުންފުނީން ބުނީ ބެންކޮކް މުދާ އެއާފްރައިޓުކޮށްނާއި ސީފްރައިޓުކޮށް ރާއްޖެއަށް ފޮނުވުމުގެ އަގު ކުރިއާ އަޅާ ބަލާއިރު މިހާރުވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައި ކަމަށެވެ.

މުދާ ފޮނުވުމުގެ އަގުހެޔޮކުރީ ކޮވިޑްގެ ވަބާއިން ސަލާމަތްވެ މީހުން ހިންދެމިލުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކަމަށް ވެސް އެކުންފުނީން ބުންޏެވެ. "ކޮވިޑްގެ ފަހުން އެންމެ އަގުހެޔޮކޮށް ބަންކޮކުން ރާއްޖެއަށް މުދާ ފޮނުވައިދޭ ކުންފުންޏަކަށް އަޅުގަނޑުމެންގެ ޖަމްބޯ ފޯވާޑީން ކޯ ލިމިޓެޑް ވާނެ މިހާރު. އެއާފްރައިޓްކޮށް އަޅުގަނޑުމެން މުދާ ރާއްޖެއަށް ފޮނުވާއިރު ކިލޯއަކަށް މިނަގަނީ ތިން ޑޮލަރު ހައެއް ސުމެއް ސެންޓު. މިއީ ކުރީގެ އަގުތަކާ އަޅާބަލާއިރު ވަރަށް ކުޑަ އަގެއް،" އެކުންފުނީގެ މެނޭޖިންޑިރެކްޓަރ އިސްމާޢީލް މޫސާ (ޖަންބޯ) ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 20 ފޫޓުގެ ކޮންޓެއިނާއެއް ސީފްރައިޓްކޮށް ފޮނުވާ ކަމަށްވާނަމަ ޖުމްލަ ނަގާނީ އެންމެ 4150 ޑޮލަރު ކަމަށެވެ. އޭގެ އިތުރުން އެއްވެސް އެހެން ޗާޖެއް ނޯންނާނޭ ކަމަށް ވެސް ވިދާޅުވިއެވެ.