އަވަށްޓެރި އިންޑިއާގައި ސީޕްލޭންގެ ދަތުރުތައް ފެށުމަށް ރާއްޖޭގެ މޯލްޑިވިއަން ސީޕްލޭންގެ ފަރާތުން އެގައުމަށް ދިޔަ ކްރޫ އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މޯލްޑިވިއަންގެ ފަރާތުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ސްޕައިސް ޖެޓުގެ ފަރާތުން އެގައުމުގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ މޯލްޑިވިއަންގެ މުވައްޒަފުން ރާއްޖެ އައިސްފައި ވަނީ އާދިއްތަ ދުވަހު ކަމަށެވެ.

އިންޑިއާގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް، ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. އިންޑިއާގެ ގުޖުރާތުގެ އަހުމަދުއާބާދުން މިހިދުމަތް ފަށަން އެގައުމަށް މޯލްޑިވިއަންގެ ސީޕްލޭނެއް ގޮސް. ހިދުމަތް ފެށީ މޯލްޑިިވިއަންގެ ސީޕްލޭންގެ ކްރޫންގެ އެހީތެރިކަމާ އެކުގައެވެ. އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރުކުރީ ސްޕައިސްޖެޓުންނެވެ. ދުވާލަކު އަށް ދަތުރު ކުރާ އިރު މި ފްލައިޓުތަކަށް މީހަކަށް ޗާޖު ކުރާނީި 4800 ރުޕީސް ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.

މިއީ އިންޑިއާ އާއި ރާއްޖެ އާއި އެއްގައުމު އަނެއްގައުމަށް ކުރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެއްކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި، އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ.