ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި ކަމަށް އެމްޓީސީން ބުނެފިއެވެ. އެކުންފުނީން ބުނެފައިިވަނީ މި މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރ ތިންވަނަ ދުވަހު ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ބެޑް ޕްރިޕަރޭޝަން މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ދަށުން، 461 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 6600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމަށް ހަމަޖެހިފައިވެެއެވެ. މިއީ 27.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ ތަރައްގީގެ މަޝްރޫއެކެވެ.