ދިވެހިރާއްޖޭގެ ގައުމިއްޔަތުގެ ރަމްޒު ކަމަށްވާ ގައުމީ ދިދައަކީ އެންމެންގެ އެއްޗަކަށް ހައްދަވައިދެއްވާނޭ ސިޔާސީ ލިޑަރަކީ މޯލްޑިވްސް ނެޝަނަލްޕާޓީގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް ކަމަށް އެޕާޓީގެ ތަރުޖަމާނު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝިދާތާ ވިދާޅުވީ ކުރިން ހީކުރެވިފައި އޮންނަނީ ގައުމީދިދަ އަކީ ވަކި ބައެއްގެ އެއްޗެއް ކަމަށެވެ. އެގޮތުން ދައުލަތުގެ މިނިސްޓަރުގެ ގެކޮޅުތަކާއި ކާރު ކޮޅުތަކުގައި ދިދަ ބޭނުން ކުރަމުން އައިސްފައިވާ ކަމަށެވެ. ބޭނުމަކީ އެއީ މިނިސްޓަރެއްގެ ގެކޮޅުކަން އެންމެނަށް އެންގުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކާރުގައި ދިދަ ޖެހުމުން އެއީ ވަޒީރެއްގެ ކާރުކަން ވެސް މީހުންނަށް އެނގިގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. "ގައުމީ ދިދައަކީ އެއްވެސް ބަޔަކަށް ޚާއްސަ އެއްޗެއްނޫން. އެއީ އެންމެންގެ އެއްޗެއް. އެންމެހާ ދިވެހީންގެ އެއްޗެއް. އަމިއްލަ ގޭގެއާއި ކާރާއި، ސައިކަލާއި ބައިސްކަލުގައިވެސް ދިދާ ޖަހަންވީ. ގޭގައި ބޮޑު ދިދައެއް ވެސް ޖެހިދާނެ. އެކަމަކު އެއީ ވަކިބަޔަކަށް ޚާއްސަ އެއްޗެއްކަމުގެ އިހުސާސް ކުރެވިގެންނުވާނެ،" އޭނާ ވިދާޅުވިއެވެ.

ނާޒިމަށް ވެރިކަން ލިބިވަޑައިގެންފިނަމަ މިހެން މިފަދަ ކަންކަން ބަދަލުކޮށް ގައުމީދައަކީ އެންމެންގެ އެޗެއް ކަމުގެ އިހުސާސް ކުރެވޭނޭގޮތަށް ހުރިހާކަމެއް ބައްޓަން ކުރައްވާނެ ކަމަށް ވެސް ޝިދާތާ ވިދާޅިވިއެވެ. "ގައުމީ ދިދަ އެންމެންގެ އެއްޗަކަށް ހައްދަވައި ދެއްވާނީ ކާނަލް ނާޒިމް. އެމަނިކުފާނަކީ ލީޑަރޝިޕް ދެނެވަޑައިގަންނަވާ އެއަށް އަމަލުކުރައްވަން ކެރިވަޑައިގަންނަނަވާ ކުޅަދާނަ ބޭފުޅެއް. އަޅުގަނޑުމެން އަބަދުވެސް އުންމީދުކުރަނީ އެމަނިކުފާނުގެ ވެރިކަމެއްގައި މުޅިރާއްޖެ ހުރިހާ ގޮތަކުން ތަރައްގީވެ ތައުލީމް މިހާރަށްވުރެ ކުރިއަރައި ތަހުޒީބު މުޖުތަމައަކަށް އަލިވިލުން،" އޭނާ ވިދާޅުވިއެވެ.