މާލޭ ސިޓީގައި މިނީބަހުގެ ޚިދުމަތްދޭން މިއަދު ފަށައިފިއެވެ. މި ޚިދުމަތްދޭން ފަށައިފައިވަނީ ރޭ ފަތިހު 5:45 އެހައިކަންހާއިރުގައެވެ. މި ޚިދުމަތަކީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ދޭން ފެށީ ޚިދުމަތެކެވެ. މި ޚިދުމަތްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ޚިދުމަތް ފެށުމަށް ފުރަތަމަކުރި ދަތުރުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެ ވަޑައިގެންނެވެ، އޭގެ އިތުރުން މޯލްޑިވިއަންގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ޖެނިފާ ވެސް ވަނީ ބައިވެރިވެފައެވެ. މި ކީދުމަތް ކުރިއަށްދާނީ ކޮންމެ ދުވަހަކު ފަތިހު 5:45 އިން ރޭގަނޑު 12:15 އަށެވެ،

މާލޭގައި މި ޚިދުމަތް ދިނުމަށް އެމްޓީސީސީން ވަނީ 18 ބަސް ބޭނުން ކުރަން ފަށައިފައެވެ. އޭގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރައިފޭބުމަށް ފަސޭހަވާ ގޮތަށް ޑިޒައިންކޮށްފައިވާ ބަަސައްތައް ވެސް ހިމެނެއެވެ.

މި ޚިދުމަތް ކުރިއަށް އޮތް ދެ ހަފުތާގައި ހިލޭ ލިބޭނޭ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އޭގެ ފަހުން ޚިދުމަތް ލިބޭނީ ކިއުއާރް ޓިކެޓް ނަގައިގެންނެވެ. މީގެ ޓީކެޓެއް ހަތް ރުފިޔާއަށް ލިބޭނެއެވެ. އެހެނަސް އިސް ރަށްވެހީންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުނާއި ޔުނިފޯމު އަޅައިގެންތިބޭ ސްކޫލް ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.