އެމެރިކާގެ ނޯތު ކެރޮލިނާގައި ދިރިއުޅޭ ޕެޓީ ހަނަންޑޭޒް ބުނީ ފާއިތުވި 14 އަހަރު އޭނާ މާބަނޑުވެ އިން ކަމަށެވެ. އަދި 16 ދަރިން ލިބި، މިހާރު 17 ވަނަ ދަރިފުޅު ލިބެން އުޅޭކަމަށް، މީޑިއާތަކަށް އޭނާ ހާމަކުރިއެވެ.

އުމުރުން 40 އަހަރުގެ ޕެޓީގެ 6 ފިރިހެންދަރިންނާއި 10 އަންހެން ދަރީން އެބަ ތިއްބެއެވެ. މި ތަނުން 3 ފަހަރުމަތިން އެއްމާ ބަނޑު 6 ދަރީން ލިބިފައިވެއެވެ. މި ހުރިހާ ކުދީންގެ ނަމުގެ ފެށޭ އަކުރަކީ ސީ އެވެ. އެއީ އެކުދިންގެ ބައްޕަ 39 އަހަރުގެ ކާލޮސްގެ ނަން ފެށޭ އަކުރެވެ.

ޕެޓީގެ އެންމެ ހަގު ދަރިފުޅު އުފަންވީ މިދިޔަ އަހަރު މެއި މަހުގައެވެ. މިހާރު ކެތީގެ ބަނޑަށް 13 ހަފުތާކަމުގައި އޭނާ ބުންޏެވެ. އަދި މިފަހަރު ލިބެނީ ފިރިހެން ކުއްޖެއްކަމާއި އެކުއްޖާ އުފަންވާނީ އަންނަ އަހަރުގެ މާޗް މަހުގައި ކަމަށްވެސް މީޑިއާތަކަށް އޭނާ ކިޔައިދިނެވެ.

ޕެޓީގެ އާއިލާއަށް ވަަނީ 2019 ވަނަ އަހަރު ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ލަގަބު ލިބިފައި ވެއެވެ. އޭގެ ފަހުން ވެސް އެ އާއިލާއަށް 3 މެންބަރުން އިތުރު ވެފައި ވެއެވެ.

މި ދެމަފިރިން ބުނީ 20 ދަރީން ބޭނުން ވާކަމަށެވެ. އަދި އިތުރު 3 ފިރިހެން ދަރީން ލިބުމުން ވައްތަރަކުން 10 ހަމަވީކަމަށް ޕެޓީ ބުންޏެވެ.

ޕެޓީގެ ފިރިމީހާ އަކީ ސާފުކުރާ ކޮންޕެނީ އެއް ހިންގާ މީހެކެވެ. މިއާއިލާ ދިރިއުޅެނީ 5 ކޮޓަރީގެ ގެއެއްގައެވެ. ކޮޓަރި ތަކުގައި ހުންނަނީ ބަންކު ބެޑެވެ.

ޕެޓީއަށް 17 ވަނަ ދަރިފުޅު ލިބޭތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. މި ދެމަފިރިންވެސް ދޭތެރެ ދުރުކުރުމާ ދެކޮޅެވެ. އެކަން ކުރާކަށް ބޭނުމެއް ނުވެއެވެ.