މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާއި ގުޅިގެން އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާ ތަކުގެ އަޑުހުންތަކެއް ހޯމަ ދުވަހަށް އެކޯޓުގައި ތާވަލް ކޮށްފި އެވެ.
މި އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ ހޯމަ ދުވަހު 09:00 އަށެވެ.
ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އާއެކު ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމެއް ހަދާފައިވާ ކަން ވަނީ ހާމަކޮށްފައެވެ.
ޅ. މާބިންހުރާ މައްސަލާގައި ޒިޔާތުގެ މައްޗަށް ކުށް ސާބިތުވެ މިހާރު ތަންފީޒު ކުރަމުން ގެންދާ 8 އަހަރުގެ ޖަލު ހުކުމުގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ ކޯޓުން ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ޒިޔާތު ވަނީ އިސްތިއުނާފްކޮށްފައިވާ މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަަމަށްވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ޒިޔަތުވެސް ވަނީ އިސްތިއުނާފް އަނބުރާ ގެންދަން ބޭނުންވާ ކަމަށާއި، އިސްތިއުނާފް ޙައްޤު ދޫކޮށްލަން ނިންމީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށް ބުނެފަ އެވެ.
ޅ.މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް ކޮށްފައިވާ ޙުކުމަށް ހައިކޯޓުންވެސް ތާއީދު ކޮށް ދައުލަތުގެ ވަކީލާ ވިދާޅުވީ، ޒިޔަތުގެ މައްޗަށް ކޮށްފައިވާ 8 އަހަރުގެ ޙުކުމަކީ ރަނގަޅު ޙުކުމެއް ކަމަށެވެ.