ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ވަރަަށް ހަލުއިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނީން މިއަދު ހާމަކޮށްފައިވާ މައުލޫމާތުތައް ބުނާގޮތުން އެރަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންޓްރީޓު ގަލުގެ ދެވަނަ ޝިޕްމެންޓަވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

މިއީ ސަރުކާރުން 70.8 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގަ ތަރައްގީގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން،

  • 81،404 ކިއުބިކް މީޓަރު ބަނދަރު ފުންކުރާނެ
  • 333 މީޓަރު ބޭރުތޮށިލާނެ
  • 370 މީޓަރު ރިވެޓްމެންޓް ޖަހާނެ
  • 30 މީޓަރު ގްރޮއިން ޖަހާނެ
  • 529 މީޓަރު އެއްގަމު ތޮށިލާނެ
  • 104 މޫރިން ރިންގު ހަރުކުރާނެ
  • 10 މޫރިން ބޮއި ހަރުކުރުން ހިމެނޭ

މީގެ އިތުރުން

  • 30 މީޓަރު 4 މީޓަރުގެ ކޮންކްރީޓް ބްރިޖެއް އެޅުން
  • 100 މީޓަރު 3 މީޓަރުގެ ކޮންކްރީޓް ޖެޓީ އެޅުން
  • 10 މީޓަރު 9 މީޓަރު ރޭމްޕެއް ހެދުން
  • 3747.71 އަކަ މީޓަރުގެ ޕޭމަންޓެއް ހެދުން
  • 36 މަގުބައްތި ޖެހުން
  • 2 ނެރު ބައްތި ޖެހުން

އެމްޓީސީސީއާ މިމަސައްކަތް ހަވާލު ކޮށްފައިވަނީ 480 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ނިމުމުން ދާންދޫ މަސްވެރިންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.