ފުޓްބޯޅަ އާއި ފުޓްސަލްގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް އުފައްދާފައިވާ ބ. އޭދަފުށީގައި 50 ދުވަސް ތެރޭގައި ފުޓްސަލް ދަނޑެއް އެޅުމަށް ކުޅިވަރާ ބެހޭ ޒުވާރާއިން މިއަދު "ތްރީ ޓްރީ މޯލްޑިވްސް" ކިޔާ ކުންފުންޏަކާ މިއަދު ހަވާލް ކޮށްފިއެވެ.

އޭދަފުށީގައި ފުޓްސަލް ދަނޑެއް އެޅުމަށް ކުންފުންޏަކާ ހަވާލު ކޮށްފައި މިވަނީ، އޭދަފުށީ ކައުންސިލުން ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙާ ބައްދަލުކޮށް، އެ ރަށުގައި ސަރުކާރުން އެޅުމަށް ބަޖެޓް ކޮށްފައި އޮތް ފުޓްސަލް ދަނޑުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެކަން ހައްލު ކޮށްދެއްވުމަށް ރައީސަށް ދެންނެވިތާ ހަފްތާއެއްހައި ދުވަސް ފަހުންނެވެ. މިދަނޑު ހެދުމަށް ތްރީ ޓްރީ މޯލްޑިވްސްއާ ހަވާލު ކޮށްފައި ވަނީ 1.4 މިލިޔަން ރުފިޔާއަށެވެ.

މި ދަނޑު ތަރައްގީކުރުމަށް އޭދަފުށީ ކައުންސިލުން ހަމަޖައްސާފައި ވަނީ އެރަށު ހިއްކި ބުމުގެ ހުޅަނގު ފަރާތުގައެވެ.

އޭދަފުށީގައި އެންމެ ފުރަތަމަ ފުޓްސަލް ދަނޑެއް ޤާއިމްކޮށްފައި ވަނީ ރައީސް ޔަމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ. އޭރު އަޅާފައި ވަނީ މެޓް ދަނޑެކެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން މިހާރު ގެންދަނީ މިދަނޑު ބޮޑުކޮށް، ޓާފް އެޅުމުގެ މަސައްކަތް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.